1 އޮގަސްޓު 2025 - 07:37 0
1 އޮގަސްޓު 2025 - 07:37 0
ސެން ސަބެސްޓިއަން، ސްޕެއިން (އޮގަސްޓް 1) - ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް، އަލެކްސަންޑަ އިސާކްގެ މުސްތަގުބަލާ މެދު ގޮތެއް ނުނިމި، ޓްރާންސްފާގެ ވާހަކަތައް ދިގުލައިގެންދާއިރު، އޭނާ އަމިއްލަ އަށް ކުރީގެ ކްލަބް، ރެއާލް ސޮސިއެޑާޑްގެ ޓްރެއިނިން ފެސިލިޓީގައި ފަރިތަކުރަމުން އެބަދެ އެވެ.
ނިއުކާސަލްގެ ޕްރީ ސީޒަން އޭޝިއާ ޓުއާގައި، އިސާކް ބައިވެރިނުވާއިރު، އޭނާ ވަނީ ކްލަބް ބަދަލުކުރަން ބޭނުންވާކަން ނިއުކާސަލްގެ މެނޭޖްމަންޓަށް ހިއްސާކޮށްފަ އެވެ. ނިއުކާސަލުން ބުނީ، އިސާކް އެއްކޮށް ފިޓްނުވާތީ، އޭނާ ޓުއާގައި ބައިވެރިނުވަނީ ކަމަށެވެ. އެކަމަކު،
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލަށް ބަދަލުވާން ބޭނުންވާތީ އިސާކް އަންނަނީ އެ ކްލަބްގެ ޓްރެއިނިން އަށް ދިއުމުގައި ދެކޮޅު ހަދަމުންނެވެ.
ނިއުކާސަލް އިން މީގެ ތިން އަހަރު ކުރިން، 80 މިލިއަން ޑޮލަރު ދީފައި، ރެއާލް ސޮސިއެޑާޑުން ގަތް އިސާކް، އަލުން ކުރީގެ ކްލަބްގެ ފެސިލިޓީ ބޭނުންކުރަމުން އަންނަނީ، ސްޕެއިނުގައި ޗުއްޓީއެއް ވެސް ހޭދަކުރަމުން އަންނާތީ ކަމަށް ސޮސިއެޑާޑްގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
އިސާކްގެ ނިއުކާސަލާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް، 2028 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. ނިއުކާސަލް އިން އިސާކް ވިއްކަން ކިޔާ އަގު، 150 މިލިއަން ޑޮލަރަށް ވުރެން ބޮޑެވެ.
Comment