Advertisement

މީޑިއާނެޓްގެ ވީޑިއޯ ކްލަބުން މި ފަހަރު ގެނެސްދިނީ "ފްރީ ޑެލިވަރީ"

1 އޮގަސްޓު 2025 - 00:04 0


މީޑިއާނެޓްގެ ވީޑިއޯ ކްލަބުން މި ފަހަރު ގެނެސްދިނީ "ފްރީ ޑެލިވަރީ"

1 އޮގަސްޓު 2025 - 00:04 0

މަޝްހޫރު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލި) ޑައިރެކްޓްކޮށްފައިވާ ފީޗާ ފިލްމް "ފްރީ ޑެލިވަރީ" މީޑިއާނެޓްގައި ޕްރިމިއާ ކޮށްފި އެވެ.

ދެ ގަޑިއިރުގެ މި ފިލްމު، ޑާކް ކޮމެޑީ ނުވަތަ ބިރުވެރިކަމާއެކު މަޖާކަން އެކުލެވޭ ފިލްމުތައް ބެލުމަށް ޝައުގު ހުންނަ ފަރާތްތަކަށް ހާއްސަ ފިލްމަކަށް ވާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.

ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ތިން މީހަކަށް ދިމާވާ ކަންތައްގަނޑަކުން އެ މީހުން މިންޖު ވާގޮތް މި ފިލްމުގައި ދައްކައިދެ އެވެ.

މި ފިލުމުގެ ލީޑް ކާސްޓުންގެ ގޮތުގައި ތާތި އާދަމް, ރައުފަތު ސާދިޤު އަދި އައިޝާ އަލީ ފެނިގެންދާނެ އެވެ.

މީޑިއާނެޓުގެ ވީޑިއޯ ކްލަބްގެ ހިދުމަތުގެ ތެރެއިން ވެސް މިހާރު މި ފިލްމު ބަލާލެވޭނެ އެވެ.

ވީޑިއޯ ކްލަބްގެ ހިދުމަތް ލިބެނީ މީޑިއާނެޓް އެމްޓީވީ އެޕްލިކޭޝަން އިންނެވެ. ޓީވީ އަދި ފޯނުންވެސް ވީޑިއޯ ކްލަބް 100 ރުފިޔާއަށް ސަބްސްކްރައިބްކޮށްގެން ބަލާލެވެ އެވެ.

ވީޑިއޯ ކްލަބުން އެތައް ފިލްމުތަކަކާއި ސީރިސްތައް ސްޓްރީމް ކުރެވޭނެ އެވެ.