Advertisement

ނުރަސްމީ ދަތުރެއްގައި މުއިއްޒު ސިންގަޕޫރަށް ވަޑައިގެންފި

31 ޖުލައި 2025 - 06:18 4

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ނުރަސްމީ ދަތުރެއްގައި މުއިއްޒު ސިންގަޕޫރަށް ވަޑައިގެންފި

31 ޖުލައި 2025 - 06:18 4

ނުރަސްމީ ދަތުރެއްގައި ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަނިކުފާނު ރޭ ސިންގަޕޫރަށް ފުރައިވަޑައިގެންނެވީ ނުރަސްމީ ދަތުރެއްގައި ކަމަށެވެ. ނަމަވެސް ދަތުރުގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

އެންމެ ފަހުން އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ، އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް، ޖޫން 29 އިން ޖުލައި 2 އަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، އިންތިހާބީ ރައީސްގެ ގޮތުގައި ހުންނަވައި އެންމެ ފުރަތަމަ ވެސް ވަޑައިގަތީ ސިންގަޕޫރަށެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް މުއިއްޒު ސިންގަޕޫރަށް ނުރަސްމީ ގިނަ ދަތުރުތަކެއް ކުރައްވާފައިވެ އެވެ. ނަމަވެސް އެ ދަތުރުތަކުގެ ބޭނުމެއް ހާމައެއް ނުކުރެ އެވެ.