Advertisement

ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ޑެހެއާ އަށް ހާއްސަ

30 ޖުލައި 2025 - 09:48 0


ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ޑެހެއާ އަށް ހާއްސަ

30 ޖުލައި 2025 - 09:48 0

ފްލޮރެންސް، އިޓަލީ (ޖުލައި 30) - އަންނަ ހަފްތާގައި ޕްރީ ސީޒަން މެޗެއްގައި ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗު އޭނާ އަށް ހާއްސަ ވާނެ ކަމަށް ފިއޮރެންޓީނާގެ ގޯލްކީޕަރު، ސްޕެއިންގެ ޑޭވިޑް ޑެހެއާ ބުނެފި އެވެ.

ޑެހެއާ، 34، ވަނީ ޔުނައިޓެޑަށް 2011 އިން 2023 އަށް، 12 އަހަރު ކުޅެދީފަ އެވެ.

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު އެއް ސީޒަނެއްގެ ބްރޭކެއް ނެގި ޑެހެއާ، ފިއޮރެންޓީނާ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

ޔުނައިޓުން މި ފަހަރުގެ ޕްރީ ސީޒަނުގައި، ފިއޮރެންޓީނާއާ ދެކޮޅަށް އަންނަ ހަފްތާގައި ކުޅޭނެ އެވެ. އެ މެޗު އޮތީ އަންނަ މަހު ނުވަ ވަނަ ދުވަހު ޔުނައިޓެޑްގެ ދަނޑު، އޯލްޑް ޓްރެފޯޑްގަ އެވެ. މިއީ، ޔުނައިޓެޑް ދޫކޮށްލި ފަހުން، ޑެހެއާ އެ ދަނޑުގައި ކުޅޭނެ ފުރަތަމަ މެޗެވެ.

"މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އެ ކުޅޭ މެޗު އަހަންނަށް ވަރަށް ހާއްސަވާނެ. އިންގްލެންޑްގައި އަހަރެން ގިނަ އަހަރުތަކެއް ވަންދެން ކުޅުނިން، އަނެއްކާ ވެސް އިނގިރޭސި ޓީމަކާ ދެކޮޅަށް ކުޅެން ލިބޭތީ ވަރަށް ހިތްހަމަޖެހޭ، މެންޗެސްޓާ ކަމުގައި ވިޔަސް،" އެތުލެޓިކޯ މެޑްރިޑް ދޫކޮށް، 20 މިލިއަން ޑޮލަރަށް 2011 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި ޑެހެއާ ބުންޏެވެ.

ޔުނައިޓެޑުން މީގެ ދެ އަހަރު ކުރިން ޑެހެއާ ދޫކޮށްލީ އޭނާގެ ކޮންޓްރެކްޓް ހަމަވުމުން އެއްބަސްވުން އާ ނުކޮށެެވެ. ކްލަބަކާ ނުގުޅި ހުރެފައި، ޑެހެއާ މިދިޔަ އަހަރު ފިއޮރެންޓީނާ އަށް ސޮއިކުރީ، އެއް އަހަރުގެ ޑީލެއްގަ އެވެ. އަލުން މި ސީޒަނުގައި ޔުނައިޓެޑަށް ޑެހެއާ ގެންނާނެ ކަމުގެ ވާހަކަތަކެއް ދެކެވުނެވެ. އެކަމަކު، ޑެހެއާ ވަނީ، ފަހުން ފިއޮރެންޓީނާގެ ކޮންޓްރެކްޓް އިތުރު ތިން އަހަރަށް އާ ކޮށްފަ އެވެ.

ޑެހެއާ ބުނީ، ފިއޮރެންޓީނާ އަކީ އޭނާގެ ކެރިއަރު ކުރިއަށްގެންދަން އޮތް އެންމެ ރަނގަޅު ކްލަބް ކަމަށާއި އެ ޓީމުގައި ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި، އުންމީދަކީ ކާމިޔާބީތަކެއް ފިއޮރެންޓީނާގައި ހުރެ ހޯދުން ކަމަށް ވެސް ޑެެހެއާ ވަނީ ބުނެފަ އެވެ.