Advertisement

މާވަށުގައި މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑު މާލެ ގެނެސްފި

29 ޖުލައި 2025 - 11:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާވަށުގައި މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑު މާލެ ގެނެސްފި

29 ޖުލައި 2025 - 11:47 0

ލ. މާވަށުގައި އިއްޔެ ހިންގި މާރާމާރީގައި ވަޅިން ހަމަލާދީ މާރާލި މޫސާ އިބްރާހިމް، 29 ގެ ހަށިގަނޑު ރޭ މާލެ ގެނެސްިފ އެވެ.

ފުލުހުން ބުނީ މޫސާ އިބްރާހިމްގެ ހަށިގަނޑު މާލެ ގެނައީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ކަމަށެވެ.

"ލ. މާވަށުގައި ހިންގި މާރާމާރީގައި ނިޔާވި މޫސާ އިބްރާހިމްގެ ހަށިގަނޑު ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ރޭ ވަނީ މާލެ ގެނެސްފައި،" ފުލުހުން ބުންޏެވެ.

މޫސާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މޫސާއަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ކަރަށް ކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ. އޭނާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން މޫދަށް ފީނައިގެން އިއްޔެ ވަނީ ހޯދައިފަ އެވެ.

ފުލުހުން ބުނީ މޫސާ އިބްރާހިމަށް ހަމަލާދިންކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:12 ހާއިރު ކަމަށެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.