Advertisement

ސެސްކޯގެ ސޮއި ހޯދަން ޔުނައިޓެޑާއި ނިއުކާސަލްގެ ގަދަހިފުމެއް

29 ޖުލައި 2025 - 08:47 0


ސެސްކޯގެ ސޮއި ހޯދަން ޔުނައިޓެޑާއި ނިއުކާސަލްގެ ގަދަހިފުމެއް

29 ޖުލައި 2025 - 08:47 0

ލައިޕްޒިގު (ޖުލައި 29) - ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅޭ ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯގެ ސޮއި ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑުން ގަދަ ހިފުމަކަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި، 21 ގޯލު ޖެހި 22 އަހަރުގެ ސެސްކޯ އަކީ މި ފަހަރުގެ ޓްރާންސްފާގައި ޑިމާންޑް ބޮޑުކޮށް ފެންނަ ކުޅުންތެރިއެކެވެ.

އެ ގޮތުން، އާސެނަލާއި ޔުނައިޓެޑުން ބޭނުންވާ ލިސްޓުގެ ކުރީގައި އޮތް ސެސްކޯ ގަންނަން ނިއުކާސަލް އިން މަސައްކަތް ފެށީ ފަހުންނެވެ. އެއީ، ނިއުކާސަލްގެ ސްވިޑެން ފޯވާޑް އަލެކްސަންޑަ އިސާކް ކްލަބް ދޫކޮށްލަން ނިންމާފައިވާއިރު، އެ ޓީމުން ގެންނަން ބެލި އައިންޓްރަކްޓް ފްރޭންކްފާޓްގެ ފޯވާޑް، ހޫގޯ އެކިޓީކޭ ލިވަޕޫލަށް ސޮއިކުރުމުންނެވެ.

ލައިޕްޒިގުން އޭނާ ވިއްކާލަން ކިޔާ އަގު އުޅެނީ، 80 މިލިއަން ޑޮލަރުގަ އެވެ. އެ އަގު ދީފައި ވިޔަސް، ނިއުކާސަލް އިން އަންނަނީ ސެސްކޯ ގެންނަން މަސައްކަތް ކުރަމުންނެވެ.

ޔުނައިޓެޑުން މަސައްކަތްކުރަނީ، ބަހާލައިގެން، ސެސްކޯގެ ފީ ދެއްކުމަށް ފަހު ނޫނީ ޔުނައިޓެޑްގެ ކުޅުންތެރިއަކާއި ޓްރާންސްފާ ފީއެއް ދީފައި އެ ޑީލް ކުރިއަށްގެންދާށެެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ނިއުކާސަލް އާއި ޔުނައިޓެޑުން ވެސް ވަނީ ސެސްކޯ އާއި އޭނާގެ އޭޖެންޓާ ބައްދަލުކޮށް، އެ ކްލަބްތަކުގެ ކުރިއަށް އޮތް ޕްލޭނާއި ޕްރޮޖެކްޓްގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.