28 ޖުލައި 2025 - 17:11 0
28 ޖުލައި 2025 - 17:11 0
ސްރީ ލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މާލެއަށް ވަޑައިގެންފި އެވެ.
މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި ޑިސަނަޔަކެ މާލެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒެވެ. މާލެ ވަޑައިގަތުމުން ޑިސަނަޔަކެ އަށް 21 ބަޑީގެ ސަލާމެއް ވަނީ ދެއްވައިފަ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ސްކޫލް ދަރިވަރުންގެ ލަވައެއް ނެށުމަކާއެކު ވަނީ ރައީސް ޑިސަނަޔަކެ އަށް ހުށަހަޅައިދީފަ އެވެ. އެއަށްފަހު ހަތްކޮޅުގައި ޑިސަނަޔަކެ ވަޑައިގަތީ ރައީސް އޮފީހަށެވެ.
ރައީސް އޮފީހުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އިތުރުން ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރުން އޮންނާނެ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ދެ ގައުމުގެ ރައްޔިތުންނަށް ވިސާގެ ލުއިތަކެއް ދިނުން ހިމެނެ އެވެ.
މިއީ ރައީސް ޑިސަނަޔަކެ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ދައުވަތު އެރުވީ ރައީސް މުއިއްޒެވެ.
Comment