Advertisement

މާލޭ ތޮށިގަނޑު މަރާމާތުކުރަން ޖަޕާނުން 10.5 މިލިއަން ޑޮލަރު ދެނީ

28 ޖުލައި 2025 - 14:38 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާލޭ ތޮށިގަނޑު މަރާމާތުކުރަން ޖަޕާނުން 10.5 މިލިއަން ޑޮލަރު ދެނީ

28 ޖުލައި 2025 - 14:38 2

މާލޭ ތޮށިގަނޑު މަރާމާތުކުރަން ޖަޕާނު ސަރުކާރުން 10.5 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީ އަދި ޕާލިމެންޓްރަރީ ވައިސް މިނިސްޓާ އޮފް ފޮރިން އެފެއާޒް އިކުއިނާ އަކީކޯ އެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް 1.56 ބިލިއަން ޖަޕަނީސް ޔެން (10.5 މިލިއަން ޑޮލަރު) ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ޖަޕާނުން ދޭނެ އެވެ.

ރަސްމިއްޔާތުގައި ހަލީލް ވިދާޅުވީ މާލެ ވަށައި ޖަހާފައިވާ ތޮއްޓަކީ ޖަޕާނާއި ރާއްޖެ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށެވެ. އެ ބިނާއަކީ ރައްކާތެރިކަމަށް ވެސް ނުހަނު ބޭނުންތެރި ބިނާއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މާލޭގެ ތޮށިގަނޑު ހެދީ ގަލާއި ޓެޓްރާޕޮޑްސް ނުވަތަ ދިވެހިން އާންމުކޮށް ކިޔާ ގޮތުން ނަމަ "ބަޖިޔާ ގަލާ" އި ކޮންކްރީޓު ބްލޮކްސް ބޭނުންކޮށްގެންނެވެ. މި ތޮށިގަނޑު ހެދުުމުގެ މަސައްކަތް ފެށީ، މާލެއަށް 1987 ގައި ބޮޑު ރާޅު އަރައި ލިބުނު ގެއްލުންތަކާ ގުޅިގެންނެވެ.

މި ޕްރޮޖެކްޓުގެ ދަށުން މާލޭގެ ހަތަރު އައްސޭރީގައި ތޮށިލާފައިވެ އެވެ. އަދި އެކި ސަރަހައްދުތަކުގައި ތޮށިލީ، އެ ސަރަހައްދަކަށް ހާއްސަކޮށްގެން، އެކި ފަރުމާތަކަށެވެ.