28 ޖުލައި 2025 - 11:10 2
ލީވާން އަލީ ނާސިރު
ލ. މާވަށް: އެ ރަށުގައި ވަޅިން ހަމަލާދީ މީހަކު ވަނީ މަރާލާފައި -- ފޮޓޯ: މާވަށް / ފޭސްބުކް
28 ޖުލައި 2025 - 11:10 2
ލ. މާވަށުގައި ވަޅިން ހަމަލާދީ ދިވެއްސަކު މަރާލައިފި އެވެ.
ވަޅީގެ ހަމަލާގައި މަރުވީ މާވަށު، ނަލަހިޔާ، މޫސާ އިބްރާހިމް، 29، އެވެ. އޭނާގެ ހަށިގަނޑު މިހާރު ބާއްވާފައި އޮތީ އެ ރަށު ސިއްހީ މަރުކަޒުގަ އެވެ. ވަޅީގެ ހަމަލާ އެރީ މޫސާ އިބްރާހިމްގެ ކަރަށެވެ.
މޫސާ އިބްރާހިމް އަށް ހަމަލާ ދިން މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، ކަމަށެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ރެކޯޑު އޮންނަ މީހެކެވެ. އެއީ މާވަށު މީހެއް ނޫނެވެ.
"ބައެއް މީހުންނަށް ފެނުނު ވަޅި ޖަހާފަ އޭނާ ދުވެފައި ދިޔަ ތަން. އެއީ ކައުންސިލް އިދާރާ ކައިރި،" ލ. އަތޮޅުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފުލުހުން ބުނީ މޫސާ އިބްރާހިމަށް ހަމަލާދިންކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 10:12 ހާއިރު ކަމަށެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
Comment