27 ޖުލައި 2025 - 09:30 0
އަމަން ހަލީމް
ނިޝާން އިއްޒުއްދީންގެ އިއްޒަތް އެރުވުނު މުއުތަސިމާއި ސޯބިރާއި ގާސިމް: ނިޝާން އިއްޒުއްދީނަކީ ދައަލަތުގެ ދެ ވަނަ އަށް އެންމެ މަތިވެރި އިއްޒަތް
27 ޖުލައި 2025 - 09:30 0
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމުގައިވާ، ނިޝާން އިއްޒުއްދީންގެ ލަގަބު މިފަހުން ރިޓަޔާކުރެއްވީ ކުރީގެ ޗީފް ޖަސްޓިސް އަހުމަދު މުއުތަސިމް އަދުނާނާއި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއަށް މިއަދު އަރުވައިފި އެވެ.
އެކި ދާއިރާތަކުން ދައުލަތާއި ރައްޔިތުންނާއި ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި މި ތިން ބޭފުޅުންނަށް ނިޝާން އިއްޒުއްދީންގެ ލަގަބު އެރުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން، ރައީސް މުހައްމަދު މުއިއްޒެވެ.
ދައުލަތުގެ މަތިވެރި ލަގަބު އެރުވުނު މުއުތަސިމްއަކީ ހާރިޖީ ދާއިރާ އާއި ޝަރުއީ ދާއިރާއިން ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވާފައިވާ، ޝަރުއީ ދާއިރާގެ އަގުހުރި ހިދުމަތްތެރިއެކެވެ. އެމަނިކުފާނުގެ ވަޒީފާގެ ހަޔާތާ ބެހޭ ގޮތުން ޖަލްސާގައި ދެއްކި ޕްރެޒެންޓޭޝަނުގައި ބުނީ މުއުތަސިމަކީ ހާރިޖީ ދާއިރާއަށް ގާނޫނީ ލަފާ ވެސް ދެއްވި ބޭފުޅެއް ކަމަށެވެ.
މުއުތަސިމްގެ ކެރިއަރުގެ އުސްއަލިތައް
ޖަލްސާގައި ދެން މި ލަގަބު އެރުވުނު ހަސަން ސޯބިރަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސް ވަންދެން ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ބޭފުޅާ އެވެ. އޭނާ ވަނީ ދިވެހި ސަރުކާރުގެ އެންމެ މަތީ ފަޑީގައި 25 އަހަރު ވަންދެން މަސައްކަތް ކުރައްވާފަ އެވެ.
ސޯބިރުގެ ކެރިއަރުގެ އުސްއަލިތައް
ނިޝާން އިއްޒުއްދީންގެ ލަގަބު މިއަދު އެރުވި ގާސިމްއަކީ، ނިޝާން މުލީގެ އިއްޒަތުގެ ވެރިއެކެވެ. ގާސިމްއަކީ މަޝްހޫރު ވިޔަފާރިވެރިއެއްގެ އިތުރުން، ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވައި އަދި ގިނަ ބަޔަކަށް ތައުލީމީ ދާއިރާއިންނާއި ބޭސް ފަރުވާ ހޯދަން ވެސް އެހީތެރިކަން ހޯދައިދީފައި ވެ އެވެ.
ގާސިމްގެ ކެރިއަރުގެ އުސްއަލިތައް
ނިޝާން އިއްޒުއްދީންގެ ލަގަބަކީ ދައުލަތުގެ ދެ ވަނައަށް އެންމެ މަތީ ލަގަބެވެ. މިއަދު މި ލަގަބު އެރުވުނު ތިން ބޭފުޅުންނާއެކީ 24 މީހަކަށް ވަނީ ދައުލަތުގެ އެންމެ މަތިވެރި ލަގަބު ލިބިފަ އެވެ.
Comment