26 ޖުލައި 2025 - 12:11 0
ސާއިފް ޝިޔާދު
މޯދީ އާއީ ނަޝީދު ސަލާމް ކުރައްވަނީ. ދެ ބޭފުޅުންގެ މެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮވޭ --- ފޮޓޯ: ޕްރައިމް މިނިސްޓާ އޮފް އިންޑިއާސް އޮފީސް
26 ޖުލައި 2025 - 12:11 0
ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ގެންދަވަނީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަމުންނެވެ. އެމަނިކުފާނު ހުންނަވާ ކުރުނބާ މޯލްޑިވްސްގައި މޯދީ ވަނީ މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދުއާ ބައްދަލުކުރައްވާފަ އެވެ.
"ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް. ނެއިބަހުޑް ފަސްޓް ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު،" މޯދީ ދިވެހިބަހުން ލިޔުއްވި އެވެ.
ސިޔާސީ ލީޑަރުންގެ ތެރެއިން އިންޑިއާއާ އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ބޭފުޅަކީ ނަޝީދު އެވެ. ރާއްޖެ މިފަހުން ވެސް ބަނގުރޫޓުވުމުން ސަލާމަތް ކޮށްދިނީ އިންޑިއާއިން ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.
ނަޝީދު ވެރިކަން ކުރެއްވި އެމްޑީޕީ ސަރުކާރާއި އެންމެފަހުން ނިމިގެންދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސް އެންމެ ބޮޑަށް އެހީތެރިކަން ދިން ބޭރު ގައުމަކީ އިންޑިއާ އެވެ. އެހެންވެ، އެމްޑީޕީއަކީ އިންޑިއާއާ ހާއްސަ ގުޅުމެއް އޮންނަ ޕާޓީއެއް ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment