Advertisement

ދިރާގު ކަސްޓަމަރުން #225* އަށް ޑައިލްކޮށްގެން ހޮޓްޑީލްސްތަކެއް

24 ޖުލައި 2025 - 22:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގު ކަސްޓަމަރުން #225* އަށް ޑައިލްކޮށްގެން ހޮޓްޑީލްސްތަކެއް

24 ޖުލައި 2025 - 22:51 0

ދިރާގު ކަސްޓަމަރުން #225* އަށް ޑަައިލްކޮށްގެން ހޮޓްޑީލްސްތަކެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން #225* އަށް ޑައިލްކޮށްގެން ދިރާގު ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށެވެ.

އޮފާތަކުގެ ތެރޭގައި ބޯނަސް ޑޭޓާގެ އިތުރުން ކަނޑައެޅިފައިވާ އެޑް-އޮންތަކުން ހިލޭ ގުޅޭ މިނެޓްސް، ހިލޭ އައިމޯ އަދި ހިލޭ ޓިކްޓޮކް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ އޮފާތައް ފަސޭހައިން ކަސްޓަމަރުންނަށް ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އެ އޮފާތަކުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ދަނީ ކަސްޓަމަރުން ޝައުގުވެރިވާ އެކި އޮފާތައް އަބަދުވެސް ތައާރަފް ކުރަމުންނެވެ.