Advertisement

ގާޑިއޯލާގެ ވިސްނުމަކަށް މޮރީނިއޯ ފާޑުކިޔައިފި

24 ޖުލައި 2025 - 07:30 0


ގާޑިއޯލާގެ ވިސްނުމަކަށް މޮރީނިއޯ ފާޑުކިޔައިފި

24 ޖުލައި 2025 - 07:30 0

ލިޒްބަން (ޖުލައި 24) - އަމިއްލަ ފިލޯސަފީގައި ކޮންމެ ޓީމެއްގައި އަބަދު ކާމިޔާބު ހޯދުމަކީ ފުޓްބޯޅައިގައި ވާނެ ކަމެއް ނޫން ކަމަށް ބުނެ، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ފެނަބާޗޭއާ ހަވާލުވެ ހުރި މަޝްހޫރު ޕޯޗުގީސް ކޯޗު، ހޯސޭ މޮރީނިއޯ ފާޑުކިޔައިފި އެވެ.

ޕޯޗުގަލްގެ މީޑިއާއެއް ކަމަށްވާ ޗެނަލް11 އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ، ސިޓީގެ ކޯޗުކަމާ ހަވާލުވެ، ގާޑިއޯލާގެ ވިސްނުމާ އެއްގޮތަށް އެ ކްލަބްގެ ކަންކަން ބައްޓަންކުރަން ވަރަށް އަވަސް ފިޔަވަޅުތަކެއް އެޅި ކަމަށެވެ.

އެ ގޮތުން، އެ ވަގުތު ސިޓީގައި ހުރި އިނގިރޭސި އެއް ވަނަ ގޯލްކީޕަރު، ޖޯ ހާޓް ދޫކޮށްލައި، ފުރަތަމަ ގެނައި ޗިލީގެ ކީޕަރު، ކްލައުޑިއޯ ބްރާވޯ ވެސް ބަދަލުކުރަން ޖެހުނު ކަމަށާއި ފަރުޖައްސައިލެވުނީ، މިހާރު ހުރި ބްރެޒިލްގެ ކީޕަރު އެޑަސަން ގެނައި ފަހުން ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

"އަމިއްލަ ވިސްނުން ބަދަލުނުކޮށް ހުރެ މަރުވާވެއްޖިއްޔާ، އެ ކުރެވެނީ މޮޔަ ކަމެއް. ކޯޗުން ޖެހޭނެ އަމިއްލަ ވިސްނުމަށް އެކަނި ބެލުމަށް ވުރެން އަތުގައި ހުރި އެއްޗެއްގެ ބޭނުން ރަނގަޅަށް ކުރެވޭނެ ގޮތްތަކަށް ބަދަލުވާން،" މޮރީނިއޯ ބުންޏެވެ.

ކުރިން ޗެލްސީ، ޓޮޓެންހަމް ހޮޓްސްޕާސް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިން މޮރީނިއޯ ބުނީ، މިދިޔަ ސީޒަނުގައި ސިޓީ އަށް ދިމާވި މައްސަލައިގެ މައިގަނޑަކީ، އެއް ސްޓައިލަކަށް އެއް ބަޔަކަށް ބަރޯސާވެ، ކުޅުންތެރިންގެ ފެންވަރު ދަށްވަމުން ދިޔައިރު ވެސް ކަންކަން ބަދަލުނުކުރުން ކަމަށެވެ.

"ކުރިން ކަންކަން ވި ގޮތަކަށް ނޫން ފުޓްބޯޅައިގައި މިހާރު ކަންތައްތައް ވަނީ، ވަރަށް އަވަހަށް ކަންކަން ބަދަލުވަމުން އަންނަނީ،" މަޝްހޫރު ގިނަ ލީގުތަކެއްގައި މަސައްކަތްކޮށްފައިވާ މޮރީނިއޯ ބުންޏެވެ.

ފީފާ ކްލަބް ވޯލްޑް ކަޕްގައި، އަލް ހިލާލުން ސިޓީ ކަޓުވާލުމަކީ، ވަރަށް ރަނގަޅު ފިލާވަޅެއް ލިބޭނެ މެޗެއް ކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފަ އެވެ.