Advertisement

ހުލާސާކޮށް އިއްޔެ: ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން ޕީއެންސީން ވަކިވުން

23 ޖުލައި 2025 - 06:22 0

ޕީއެންސީގެ ވެލިދޫ ދާއިރާގެ ނައިބު ރައީސް، އަބްދުالله ހުމެއިދު -- ފޮޓޯ: ފޭސްބުކް


ހުލާސާކޮށް އިއްޔެ: ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން ޕީއެންސީން ވަކިވުން

23 ޖުލައި 2025 - 06:22 0

ޕީއެންސީގެ ނ. ވެލދޫ ދާއިރާގެ ނައިބު ރައީސް، އަބްދުالله ހުމެއިދު އެ މަގާމުން އިސްތިއުފާ ދީ ޕާޓީން ވެސް ވަކިވެއްޖެ ކަމަށް އިއްޔެ އޭނާ ހާމަކުރި އެވެ.

ޕީއެންސީން ވަކިވިކަން އަންގައި ފޭސްބުކްގައި ހުމެއިދު ކުރި ދިގު ޕޯސްޓެއްގައި ބުނީ އޭނާ އެ ޕާޓީން ވަކިވީ ނިކަމެތިންނަށް ދެރަގޮތްވެފައި ބޮޑެތި ބޭފުޅުންނަށް މޮޅު ގޮތްވާ ދިމާލަށް ގައުމުގެ މިސްރާބު ޖެހުމުން ކަމަށެވެ.

"މި ނިންމުމަކީ ހަމަ ހުރެފައި ނިންމި ނިންމުމެއް ނޫން، މި ނިންމުން ނިންމަން މަޖުބޫރުވީ ގައުމު މިދާ މިސްރާބާ މެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން، އާދައިގެ ނިކަމެތިންނަށް ދެރަގޮތްވެފައި ވަކި ބޭފުޅުންތަކަކަށް މޮޅު ގޮތްވާ ދިމާލަކަށް ގައުމުގެ މިސްރާބު ޖެހުމުން،" ހުމައިދުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ތަހައްމަލު ކުރަންޖެހޭ ކަންތައްތައް ސަރުކާރަށް ރޭކާ ވެސް ނުލާ ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ހަދަނީ ބަންދު ކޮޓަރިތަކުގައި އެ ސިޔާސަތުތަކުގެ ސަބަބުން އަސަރު ކުރާނެ މީހުންގެ ބަހެއް ނެތި ކަމަށް ހުމެއިދުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދޭހަ ވަނީ ސަރުކާރުން މަސައްކަތް ކުރަނީ "އިއްޒަތްތެރި މަދު ބައެއްގެ" މަސްލަހަތު ހިމާޔަތްކޮށް ގިނަ ރައްޔިތުންގެ ގިނަ ކަންކަން މަދު މިންވަރަކުން ފުއްދުމުގެ ވިސްނުމެއްގައި ކަމަށް ހުމެއިދު ބުނެފައިވެ އެވެ.

"ދިރިއުޅުމުގެ އަގުތައް އަތުފަތު ނުޖެހޭ ހިސާބަށް އުފުލިގެން ދަނީ، ކާބޯތަކެއްޗާއި ކުއްޔާއި ކަރަންޓުގެ އިތުރުން ސިއްހީ ފަރުވާ އާއި ތައުލީމު ފަދަ ޒަރޫރީ ބޭނުންތައް ހޯދުމަށް ކޮންމެ ދުވަހަކު އެތައް އާއިލާއެއް ތަކުލީފުތަކާ ކުރިމަތިލާން މަޖުބޫރުވެއްޖެ، އަޅުގަނޑުމެންގެ ޒުވާނުން، މި ގައުމުގެ ކުރިމަގުގެ އުއްމީދުތައް ވެއްޔާ މޮޑެވެން ފަށައިފި،" ހުމެއިދު ބުނެފައިވެ އެވެ.

އެނާގެ ޕޯސްޓު ނިންމައިލަމުން ބުނެފައި ވަނީ އިޖުތިމާއީ ހިދުމަތައް އޭނާ ނުކުތީ ހުރިހާ އެންމެންނަށް ވެސް ފަހި ފުރުސަތުތަކާއި އިންސާފާއި ގަދަރު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.

"[ނަމަވެސް] އެ އަސްލުތައް ނެތް ސިޔާސީ ނިޒާމެއްގެ ތެރޭގައި ހަމަ ބުއްދީގައި ހުރެގެން އަޅުގަނޑަކަށް ނުހުރެވޭނެ،" ހުމެއިދު ލިޔެފައިވެ އެވެ.

މި ސަރުކާރުގެ ނިންމުންތަކަށް ފާޑުކިޔުމަށްފަހު ހުމެއިދު އެ ޕާޓީން ވަކިވެފައިވާއިރު، ޕީއެންސީ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރެއްވި ޝާނީޒް ހާޝިމް ވެސް ވަނީ އެ ޕާޓީން މި ފަހުން ވަކިވެވަޑައިގެންފަ އެވެ.

ޕީއެންސީން ވަކިވުމަށްފަހު އެކްސްގައި ޝާނީޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާންމު މީހާއަށް ހަމަހަމަ ފުރުސަތެއް އެ ޕާޓީން ކަށަވަރު ކޮށްދޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިއަދުގެ މޫސުން


- އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވޭ. މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ދެކުނަށް އާންމު ގޮތެއްގައި މޫސުން ރަނގަޅު ވާނެ. - ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލަށް. އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލަށް. އުތުރުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި 40 މޭލަށް ވައި ބާރުވާނެ. - އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ. - ރާޅުގެ އުސްމިން ހުރީ 2 ފޫޓާއި 6 ފޫޓަށް

ނަމާދު ވަގުތު

  • ފަތިސް 04:45
  • އިރުއަރާ 06:01
  • މެންދުރު 12:16
  • އަޞްރު 15:37
  • މަޣްރިބް 18:24
  • ޢިޝާ 19:40