Advertisement

އިންޑިއާގެ އެހީތެރިކަމާއެކު އެ ގައުމުގައި ދިވެހި 10 ފުލުހަކު ތަމްރީނުކޮށްފި

22 ޖުލައި 2025 - 13:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާގެ އެހީތެރިކަމާއެކު އެ ގައުމުގައި ދިވެހި 10 ފުލުހަކު ތަމްރީނުކުރުން


އިންޑިއާގެ އެހީތެރިކަމާއެކު އެ ގައުމުގައި ދިވެހި 10 ފުލުހަކު ތަމްރީނުކޮށްފި

22 ޖުލައި 2025 - 13:15 0

އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ އެހީތެރިކަމާއެކު އެ ގައުމުގައި ދިވެހި 10 ފުލުހަކު ތަމްރީނުކޮށްފި އެވެ.

ދެ ހަފުތާގެ މުއްދަތަށް އެ ތަމްރީންތައް ކުރިއަށްގެންދިޔައީ އިންޑިއާގެ ނޮއިޑާގައި ހުންނަ ވީއައިޕީ ސެކިއުރިޓީ ސެންޓަރުގަ އެވެ.

އިންޑިއާގެ އައްސާމްގެ ޑިރެކްޓާ ޖެނެރަލް އޮފް ޕޮލިސް ޝްރީ ހަރްމީތު ސިންހު ވިދާޅުވީ ދިވެހި ފުލުހުންނަށް ހިންގި ތަމްރީނަކީ ސުލްހަމަސަލަސްކަމާއި ޕްރޮފެޝަނަލިޒަމާއި ގާނޫނު ތަންފީޒުކުރުމުގައި އެއްބާރުލުން އިތުރުކުރުމަށް ކުރާ މަސައްކަތް ދަސްކޮށްދޭ ތަމްރީނެއް ކަމަށެވެ.

އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް އިން ބުނީ އެ ތަމްރީނަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ އިތުބާރު އިތުރުކޮށް، މި ސަރަޙައްދުގެ ގާބިލުކަން އިތުރު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އިންޑިއާގައި ރާއްޖޭގެ ފުލުހުންނާއި ސިފައިން ވެސް ތަމްރީންތައް ފުރިހަމަކުރެ އެވެ. އަދި އިންޑިއާގެ ސިފައިންނާއި ފުލުހުން ރާއްޖެ އައިސް ވެސް ތަމްރީންތައް ފުރިހަމަ ކުރެ އެވެ.