Advertisement

ފަސް އަހަރު ފަހުން ރެއާލުން ރެއިނިއާގެ ކޮންޓްރެކްޓް އުވާލަނީ

21 ޖުލައި 2025 - 07:32 0


ފަސް އަހަރު ފަހުން ރެއާލުން ރެއިނިއާގެ ކޮންޓްރެކްޓް އުވާލަނީ

21 ޖުލައި 2025 - 07:32 0

މެޑްރިޑް (ޖުލައި 21) - ދިގު ކޮންޓްރެކްޓެއްގައި ރެއާލް މެޑްރިޑާ އެކު ސޮއިކުރި، ބްރެޒިލްގެ ރެއިނިއާ ޖީސޫސްގެ ކޮންޓްރެކްޓް ފަސް އަހަރު ފަހުން އުވާލަން އެ ކްލަބުން ނިންމާފައިޗާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބްރެޒިލްގެ ފުޓްބޯޅައިގައި ވިދުންގަދަ ޒުވާން ކުޅުންތެރިންގެ ތެރޭގައި ކުރިން ހިމެނުނު، ރެއިނިއާ، ފްލަމެންގޯ ދޫކޮށް 30 މިލިއަން ޑޮލަރަށް ރެއާލަށް ސޮއިކުރީ، 2020 ވަނަ އަހަރު އޭނާގެ އުމުރުން، 18 އަހަރުގަ އެވެ.

އެކަމަކު، މިހާތަނަށް ރެއާލުގެ ސީނިއާ ޓީމުން ރެއިނިއާ އަށް ފުރުސަތެއް ލިބިފައިނުވާއިރު، އޭނާގެ ކުޅުން ރަނގަޅު ކުރުމަށް ގިނަ ކްލަބްތަކަށް ލޯން އުސޫލުން ދޫކޮށްފައިވެ އެވެ.


އެ ގޮތުން، މިހާރު އުމުރުން، 23 އަހަރު ރެއިނިއާ ވަނީ، ރެއާލަށް ބަދަލުވި ފަހުން ލޯން ޑީލްތަކުގައި، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް، އިޓަލީގެ ފްރޮސިނޯނޭ އަދި ސްޕެއިނުގެ ޖިރޯނާ އާއި ގްރަނާޑާ އަށް ކުޅެފަ އެވެ. މީގެއިން އެއްވެސް ޓީމެއްގައި، ރެއާލަށް ކުޅޭ ފެންވަރު ހުރިކަން ރެއިނިއާ އަށް ސާބިތުކޮށްނުދެވި، އެ ކްލަބުން އޭނާ ދޫކޮށްލަން ނިންމީ އެވެ.

ރެއިނިއާއާ އެކު، ރެއާލުން ސޮއިކުރި ހަ އަހަރުގެ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮއްވައި، އޭނާ ދޫކޮށްލަން ރެއާލުން ނިންމީ، އެ ކްލަބްގެ ހިންގުމުގެ އޮނިގަނޑުގައި ހުރި ކަންކަން ބަދަލުކުރަން ކުރާ މަސައްކަތުގެ ތެރެއިންނެވެ.