ޓިއުރިން، އިޓަލީ (ޖުލައި 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި އިންގްލަންޑްގެ ފޯވާޑް ޖޭޑަން ސަންޗޯ، ޔުވެންޓަސް އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސަންޗޯ ވަނީ މިިދިޔަ ހަފުތާގެ ތެރޭގައި އިޓަލީ އަށް ގޮސް ޔުވެންޓަސްގެ މެނޭޖްމަންޓާ ބައްދަލުކޮށްފަ އެވެ. އަދި ސަންޗޯ ވަނީ ބޯނަސްއާއެކު އަހަރެއްގެ މައްޗަށް ހަ މިލިއަން ޔޫރޯ އަށް ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން އޮތީ ސަންޗޯ 25 މިލިއަން ޔޫރޯ އަށް ވިއްކާލުމަށް ތައްޔާރަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ޔުނައިޓެޑާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ޔުވެންޓަސް އިން ގަބޫލުކުރެ އެވެ.
ޔުނައިޓެޑުގެ މެނޭޖްމަންޓާ ޖެހުނު މައްސަލައަށްފަހު ސަންޗޯ މިދިޔަ ސީޒަނުގައި ފެނިގެންދިޔައީ ލޯނު އެއްބަސްވުމެއްގެ ދަށުން ކުރީގެ ކްލަބް ބްރޫޝިއާ ޑޯޓްމަންޑުންނެވެ. އަދި އޭގެ ކުރިން ޗެލްސީގެ ޖާޒީގައި ވެސް ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޯ ފެނިގެންދިޔަ އެވެ.
ބޮޑު އަގުގައި ޑޯޓްމަންޑުން މެންޗެސްޓާ ޔުނައިޓެޑަށް ސަންޗޯ ބަދަލުވީ 2021 ވަނަ އަހަރުގަ އެވެ. އޭރު ޔުނައިޓެޑުން ސަންޗޯ ގަތީ 73 މިލިއަން ޔޫރޯ އަށެވެ.
Comment