Advertisement

ސަންޗޯ ގަންނަން ރޯމާ އިން ބިޑްކޮށްފި

15 އޮގަސްޓު 2025 - 05:54 0


ސަންޗޯ ގަންނަން ރޯމާ އިން ބިޑްކޮށްފި

15 އޮގަސްޓު 2025 - 05:54 0

ރޯމް، އިޓަލީ (އޮގަސްޓް 15) - މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލަން ނިންމާފައިވާ އިނގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ ގަންނަން އިޓަލީގެ ކްލަބް ރޯމާ އިން ބިޑްކޮށްފި އެވެ.

ސަންޗޯ، 25، ވިއްކާލުމަށް ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށިގެން މިހާތަނަށް އައިއިރު، ކުރި މަސައްކަތުގައި އަލި މަގެއް ނުފެެނެ އެވެ. ޔުނައިޓެޑްގެ ފުރަތަމަ ޓީމާ ވަކިން ތަމްރީން ހަދަމުން އަންނަ ސަންޗޯއާ އެކު، އިޓަލީގެ ނަޕޯލީ އާއި ޔުވެންޓަސް އިން މަޝްވަރާ ކުރި ނަމަވެސް، އެއްބަސްވުމަކާ ހަމައަށް އާދެވޭ ގޮތެއްނުވި އެވެ. އަދި، ސަންޗޯގެ ކުރީގެ ކްލަބް، ބޮރޫޝިއާ ޑޯޓްމަންޑުން އަހުލާގީ ކަންކަމަށް ބަލައި، ސަންޗޯގެ ރޭހުން އަމިއްލަ އަށް ބޭރުވި އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރޯމާގެ އާ ކޯޗު، ޖިއަން ޕިއޭރޯ ގަސްޕެރީނީގެ އެދުމަށް އެ ކްލަބުން ވަނީ ސަންޗޯ ހޯދަން 25 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. އަދި، ޔުނައިޓެޑުން ސަންޗޯ ވިއްކާލަން ކިޔާ އަގު ވެސް އުޅެނީ މި ވަރަށް ކަމަށްވާއިރު، މި ޑީލަށް އޭނާ ރުހޭނަމަ، މި ޓްރާންސްފާ ނިމުމުގެ ފުރުސަތު އެބައޮތެވެ.

ޔުނައިޓެޑުގެ މެނޭޖްމަންޓާ ޖެހުނު މައްސަލައަށް ފަހު ސަންޗޯ މިދިޔަ ސީޒަނުގައި ފެނިގެންދިޔައީ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީންނެވެ. އަދި އޭގެ ކުރިން ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ސަންޗޯ ޑޯޓްމަންޑުން ވެސް ފެނިގެންދިޔަ އެވެ. ޗެލްސީން ވަނީ ސަންޗޯގެ އެއްބަސްވުން ދާއިމީ ކުރަން ޔުނައިޓެޑާ އެކު، ހަދާފައިވާ އެއްބަސްވުން އުވާލަން 5-7 މިލިއަން ޑޮލަރު ވެސް ދައްކައިފަ އެވެ. ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޮރިމްގެ ޕްލޭނުގައި ނުހިމެނޭ ކުޅުންތެރިންގެ ލިސްޓުގައި އޮތް ސަންޗޯ ވިއްކާލަން އެ ޓީމުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

ބޮޑު އަގުގައި ޑޯޓްމަންޑުން މެންޗެސްޓާ ޔުނައިޓެޑަށް ސަންޗޯ ބަދަލުވީ 2021 ވަނަ އަހަރުގަ އެވެ. އޭރު ޔުނައިޓެޑުން ސަންޗޯ ގަތީ 90 މިލިއަން ޑޮލަރު ދައްކައިފަ އެވެ.