Advertisement

ޔުނައިޓެޑްގެ ރަޝްފޯޑް، ބާސާއާއެކު އެއްބަސްވުމަކާ ގާތަށް

20 ޖުލައި 2025 - 10:21 0


ޔުނައިޓެޑްގެ ރަޝްފޯޑް، ބާސާއާއެކު އެއްބަސްވުމަކާ ގާތަށް

20 ޖުލައި 2025 - 10:21 0

މެންޗެސްޓާ (ޖުލައި 20) - މެންޗެސްޓާ ޔުނައިޓެޑުގެ އިންގްލަންޑް ފޯވާޑް މާކަސް ރަޝްފޯޑް އާއެކު ސްޕެއިންގެ ބާސެލޯނާ އިން އެއްބަސްވުމަކާ ހިސާބައް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަޝްފޯޑް މިދިޔަ ސީޒަނުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާގަ އެވެ. އަދި މީގެ ކުރިންވެސް އަންނަ ސީޒަނަށް ރަޝްފޯޑް ޔުނައިޓެޑުގައި މަޑު ނުކުރާނެ ކަމަށް ބެލެވުނުއިރު، ބާސާއިން ވަނީ މީގެ ކުރިންވެސް ރަޝްފޯޑަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރަޝްފޯޑް 27، ވަނީ މިދިޔަ މަހު ދިން އިންޓަވިއުއެއްގައި ބާސާގެ ޒުވާން ފޯވާޑް ލަމީން ޔަމާލާއެކު ކުޅެން ބޭނުންވާކަން ހާމަކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމްއާ ޖެހުނު މައްސަލައަކާ ގުޅިގެން ޔުނައިޓެޑްގެ ސްކޮޑުން ރަޝްފޯޑް ބާކީކުރިއިރު، އޭގެ ފަހުން ޔުނައިޓެޑްގެ ޖާޒީގައި ރަޝްފޯޑް މެޗެއް ކުޅެފައި ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝްފޯޑަށް ބާސާއިން ހުށަހެޅި ހުށަހެޅުންތަކަށް އޭނާ ވަނީ އެއްބަސްވެފަ އެވެ. އަދި މިހާރު ބާސާއިން ކުރަމުން އަންނަ މަސައްކަތަކީ ރަޝްފޯޑް ހޯދުމަށް ޔުނައިޓެޑާ މަޝްވަރާ ކުރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާސާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑަށް ފޯކަސް ކުރީ ސްޕެއިންގެ ވިންގާ ނިކޯ ވިލިއަމްސް ހޯދުމަށެވެ. އެކަމަކު އެތުލެޓިކް ބިލްބާއޯއާއެކު ހަދާފައިވާ އެއްބަސްވުން ނިކޯ އާކުރުމާއެކު، ބާސާއިން އަންނަނީ އެ ޓީމުގެ ފޯވާޑްލައިން އަށް އިތުރު ކުޅުންތެރިޔަކު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.