Advertisement

މައިންޑް ޗޭމްޕްސް ސްކޫލާ ގުޅޭ މައުލޫމާތު ސެޝަނެއް އަންގާރަ ދުވަހު

20 ޖުލައި 2025 - 20:06 0

ސިންގަޕޫރުގެ މައިންޑްޗޭމްޕްސް ޕްރީސްކޫލް


މައިންޑް ޗޭމްޕްސް ސްކޫލާ ގުޅޭ މައުލޫމާތު ސެޝަނެއް އަންގާރަ ދުވަހު

20 ޖުލައި 2025 - 20:06 0

މާލޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ ސިންގަޕޫރުގެ މައިންޑް ޗޭމްޕްސްގެ ޕްރީ ސްކޫލާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގެ އަންގާރަ ދުވަހު ސޯލްޓު ކެފޭގައި ބާއްވަން ނިންމައިފި އެވެ.

މައިންޑް ޗޭމްޕްސްއަކީ ސިންގަޕޫރުގެ ބެލެނިވެރިންގެ މަގުބޫލްކަމާއި އިތުބާރު ހޯދާފައިވާ ސްކޫލެކެވެ. އެ ސްކޫލްގެ ގޮތްޕެއް މާލޭގައި މި އަހަރު ހުޅުވުމަށް މިހާރު އަންނަނީ ވަރަށް ބާރަށް ތައްޔާރު ވަމުންނެވެ.

މި ސްކޫލާ ގުޅޭ މައުލޫމާތު ސެޝަން އޮންނާނީ އަންގާރަ ދުވަހު 16:30 އިން 18:00 އަށް އަދި 20:30 އިން 22:00 އަށެވެ.

އެ ބައްދަލުވުމުގައި މައިންޑް ޗޭމްޕްސް ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ސްކޫލަށް ދަރިވަމުން ވެއްދުމުގެ އުސޫލުތަކާއި، ޔުނިފޯމާ ގުޅޭ މައުލޫމާތު ދޭނެ އެވެ.

ބައްދަލުވުމުގައި ބައިވެރިވާން 7722880 އަށް މެސެޖު ކުރައްވާށެވެ.

މިއީ ޕްރީ ސުކޫލު ތައުލީމަށް ހާއްސަކޮށް އިމާރާތް ކުރެވި، ޒަމާނީ ވަސީލަތްތަކާއެކު ހުޅުވާ ސްކޫލެކެވެ. ސްކޫލު ހުޅުވިގެން ދިޔުމުން ދިވެހިރާއްޖޭގެ ޕްރީ ސްކޫލު ތައުލީމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށް މި ސްކޫލު ގެނައުމަށް މަސައްކަތް ކުރާ ކުންފުނިން ބުންނެވެ.

މައިންޑް ޗޭމްޕްސް ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވާނީ ޑރ. އަމަތުއްﷲ ޝަކީބެވެ. ނުވަތަ ޑރ. އަމަތު ކުރިން ކިޔަވައިދެއްވި ކުދިންނާ އެ ކުދިންގެ ބެލެނިވެރިންގެ ނަމުން ނަމަ 'އަމަތު އާންޓީ' އެވެ.


މައިންޑް ޗޭމްޕްސް: ގުލޯބަލް މޫވްމަންޓް

މައިންޑް ޗޭމްޕްސް އަކީ މިވަގުތު ތުއްތު ކުދިންގެ ތައުލީމު ދިނުމުގައި އެންމެ ލީޑްކުރާ ބުރޭންޑެވެ. މައިންޑް ޗޭމްޕްސްގެ ރިސާޗް ޓީމުގެ ތެރޭގައި އެޑިޔުކޭޝަން، ސައިކޮލޮޖީ، ނިޔުރޯސައިންސް އަދި ތިއޭޓަރ އަށް ޚާއްސަ ފަރާތްތައް ހިމެނެއެވެ. މައިންޑް ޗޭމްޕްސްގެ ޗާންސަލާ އެމެރިޓަސް ޕްރޮފެސަރު އެލަން ސިންޑަ އަކީ މުޅި ދުނިޔެއަށް މަޝްހޫރު ނިޔުރޯސައެންޓިސްޓެކެވެ. އަދި އެއީ މައިންޑް ޗޭމްޕްސްގެ ރިސާޗާ ޑިވެލޮޕްމަންޓުގެ އެންމެ އިސް ފަރާތެވެ.