Advertisement

ކާވާ ޗެމްޕިއަންސް ލީގު: އެޗްޑީސީ އާއި ސިފައިންނަށް ވެސް ފުރަތަމަ މެޗު ނާކާމިޔާބު

18 ޖުލައި 2025 - 06:54 0


ކާވާ ޗެމްޕިއަންސް ލީގު: އެޗްޑީސީ އާއި ސިފައިންނަށް ވެސް ފުރަތަމަ މެޗު ނާކާމިޔާބު

18 ޖުލައި 2025 - 06:54 0

ރާއްޖޭގައި އިއްޔެ ފެށި ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ޗެމްޕިއަންސް ލީގު 2025 ގައި ރާއްޖޭގެ ކްލަބް އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކްލަބުން ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު އެޗްޑީސީން ނުކުތީ ކިރްގިސްތާންގެ ބަޝިކްއާ ދެކޮޅަށެވެ. މި މެޗު ބަޝިކް އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ބަޝިކް އިން ގެންދިޔައީ 25-27، 24-26 އަދި 20-25 އިންނެވެ. މި މެޗުގައި އެޗްޑީސީ އިން ރަނގަޅަށް ކުޅުނު ނަމަވެސް އެއްވެސް ސެޓެއްގައި އެ ޓީމަށް ލީޑުކޮށްގެން ކުޅުމުގެ ފުރުސަތު ބަޝިކް އިން ދީފައި ނުވެ އެވެ.

މީގެ އިތުރުން މިރޭ ދިވެހި ސިފައިންގެ ކްލަބުން ނުކުތީ ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ހެލްޕް ނޭޕާލުން ގެންދިޔައީ 3-2 ސެޓުންނެވެ.

މެޗުގެ ސެޓުތައް ދިޔައީ، 33-31، 25-20، 22-25، 20-25 އަދި 15-08 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައިރު، މި ސެޓު ނޭޕާލު ޓީމުން ގެންދިޔައީ ފަހު ވަގުތު ސިފައިންނަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ.

ޖެހިގެން އައި ދެވަނަ ސެޓުގައި ސިފައިންގެ ޓީމު ފެނިގެން ދިޔައީ ދަށްކޮށެވެ. އޭގެ ފައިދާ ނަގައި ހެލްޕް ނޭޕާލުން ވަނީ މި ސެޓު 20-25 އިން ގެންގޮސްފަ އެވެ.

އެކަމަކު ތިންވަނަ ސެޓު އަދި ހަތަރުވަނަ ސެޓުގައި ސިފައިންގެ ފަރާތުން ފެނިގެންދިޔައީ ތަފާތު ރޫހެއްގައި ކުޅުނު މަންޒަރެވެ. އޭގެ ފައިދާ ނަގައި މި ދެ ސެޓު ސިފައިން އިން ގެންދިޔައީ، 25-22 އަދި 25-20 އިންނެވެ.

އެކަމަކު ފަހު ސެޓުގައި ސިފައިންގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. މި ސެޓު ހެލްޕް ނޭޕާލުން ގެންދިޔައީ 15-08 އިންނެވެ.