Advertisement

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ފަރުވާ ދެނީ

17 ޖުލައި 2025 - 21:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތެރެއިން: އަންހެނަކަށް އަނިޔާވެގެން ދަނީ ފަރުވާދެމުން -- ފޮޓޯ: ކިޔުންތެރިއެއް


ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ފަރުވާ ދެނީ

17 ޖުލައި 2025 - 21:19 0

ސިނަމާލެ ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހި މިއަދު އިރުއޮއްސުނުއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވީ 24 އަހަރުގެ އަންހެނަކަށް ކަމަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ހައިވޭގެ ހަތަރު ލޭން ހިމެނޭ ހިސާބުގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ 18:39 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިކަލު ދުއްވި އަންހެން މީހާގެ ބޮލަށް އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

މީގެއިތުރުން ސައިކަލަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާއިރު ކާރުގެ ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދުތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. މިގޮތުން މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފަ އެވެ.