Advertisement

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ދ. އަތޮޅުގައި ހިންގައިފި

16 ޖުލައި 2025 - 17:21 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ ގާބިލުކަން އިތުރު ކުރުމަށް ހިންގި ޕްރޮގްރާމުގެ ބައިވެރިން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ


ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ދ. އަތޮޅުގައި ހިންގައިފި

16 ޖުލައި 2025 - 17:21 2

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ ގާބިލުކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައި ކުރިއަށް ގެންގޮސްފި އެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ނިންމާލީ މިއަދު އެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓުމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން އެންޑް ރޮޓަރީ ކްލަބް އޮފް މާލެ އާއި މެލޭޝިއާގެ ތިންކް އެންރިޗްމެންޓް ސެންޓާއާ ގުޅިގެންނެވެ.

ރޮޓަރީ ކްލަބް ފަރާތުން މި ނޫހާ ވާހަކަދައްކަވަމުން މަރިޔަމް އާދިޔާ ވިދާޅުވީ އެ ޕްރޮގުރާމުގައި 25 ޓީޗަރުން ބައިވެރިވި ކަމަށެވެ. އެ ޕްރޮގްރާމުގައި ޓްރެއިނިން ދިނީ މެލޭޝިއާގެ ތިންކް އެންރިޗްމެންޓް ސެންޓަރުގެ ބޭފުޅުން ކަމަށް އާދިޔާ ވިދާޅުވި އެވެ.

"ރޮޓަރީ ކްލަބްގެ ފަރާތުން ޓްރެއިނަރުން ގެނައުމާ ހުރިހާ ހަރަދުތަކެއް ކުރީ، މި ޕްރޮގްރާމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔައިވައިދޭ ޓީޗަރުންގެ ކެޕޭސިޓީ އިތުރު ކުރުމަށް ހިންގި ޕްރޮގްރާމެއް، ދެން އޭގެއިތުރުން އެ ކުދިންނަށް ބޭނުންވާ ސެންސަރީ ޓޫލްސް ފޯރުކޮށްދިނުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނޭ،" އާދިޔާ ވިދާޅުވި އެވެ.

މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގުރާމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން އަހުލުވެރި ކުރާނެ ގޮތާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިމާވާ އެކި ކަހަލަ އުނދަގޫތައް ދެނެގަނެ އެފަދަ ކުދިންނާ މެދު އަމަލު ކުރާނެ ގޮތާއި އެފަދަ ކުދިންނަށް އެކަށީގެންވާ ތަރުބިއްޔަތެއް ދޭނެ ގޮތްތައް ކިޔައިވައިދިނެވެ.