Advertisement

ހުލާސާކޮށް އިއްޔެ: ޖޭއެސްސީ އަށް މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓު

16 ޖުލައި 2025 - 06:32 0

އިދުރީސް ފައުޒީ


ހުލާސާކޮށް އިއްޔެ: ޖޭއެސްސީ އަށް މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓު

16 ޖުލައި 2025 - 06:32 0

ޖުޑީޝަލް ސާވިސް ކޮމިޝަންއަށް އާންމުންގެ ތެރެއިން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިދުރީސް ފައުޒީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، އެމަނިކުފާނުގެ ޕާސަނަލް އެސިސްޓަންޓްކަން އެނގިއްޖެ އެވެ.

އެ މައުލޫމާތު އެނގޭ ބައެއް މީހުން އަދަދު ނޫހަށް ބުނީ، ފައުޒީ ހައުސިން މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓަކަށް އުޅުނު ކަމަށެވެ. އަދި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނަމުގައި ހިންގާ ގެސްޓު ހައުސް، ދިމްޔާތު ސްޓޭ ހިންގަން ވެސް އޭނާ އިސްކޮށް އުޅުނު ކަމަށް ބައެއް މީހުން ބުންޏެވެ.

އިދުރީސް އަކީ ރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު، އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ކުރީގެ ފިރިމީހާ އެވެ. އިދުރީސް އާއި ސައުދާގެ ދަރިން ވެސް އެބަ ތިއްބެވެ.

ރައީސް މުއިއްޒު ގާތް ގުޅުމެއް އޮތް އިދުރީސް މިހާރު ހުރީ ކަލައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓަކަށް ބަދަލުވުމުގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން އޭނާ ޓީޗަރަކަށް އުޅުނެވެ.

ޖޭއެސްސީގެ މެންބަރަކަށް ވުމަށް ހުށަހެޅި މީހުންގެ ތެރެއިން ޖުޑިޝަރީ ކޮމިޓީން އިންޓަވިއުކޮށް އެންމެ މަތިން މާކްސް ދިނީ ވެސް އިދްރީސް އަށެވެ. އޭނާ އަށް 81 މާކްސް ލިބިފައިވެ އެވެ.

އޭނާ ޖޭއެސްސީއަށް އައްޔަން އިއްޔެ 62 މެންބަރުން ވޯޓު ދެއްވިއިރު، އެކަކު އޭނާއަށް ވޯޓެއް ނުދެއްވަ އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވައި ދެ މެންބަރަކު ތިއްބެވި އެވެ.

މިއަދުގެ މޫސުން


- ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވޭ - ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލަށް ވައިޖެހޭނެ. އެހެން ހިސާބުތަކަށް 10 މޭލާއި 20 މޭލަށް ވައިޖެހޭނެ. - ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. - ރާޅުގެ އުސްމިން ހުންނާނީ 2-6 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:43
  • އިރުއަރާ 06:00
  • މެންދުރު 12:16
  • އަޞްރު 15:38
  • މަޣްރިބް 18:24
  • ޢިޝާ 19:41

މުހިއްމު ބައެއް ހަބަރު