Advertisement

ވިލާ ކޮލެޖުގެ ހެލްތު ސައިންސް ދަރިވަރުން ހުވާކޮށް، ވައިޓް ކޯޓާ ހަވާލުވެއްޖެ

14 ޖުލައި 2025 - 21:14 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ވިލާ ކޮލެޖުގެ ހެލްތު ސައިންސް ދަރިވަރުން ހުވާކޮށް، ވައިޓް ކޯޓާ ހަވާލުވެއްޖެ

14 ޖުލައި 2025 - 21:14 0

ވިލާ ކޮލެޖުން އެ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) ގެ ނާސިން އަދި ފާމަސީ ދާއިރާގެ ޕްރޮގްރާމް ނިންމި ދަރިވަރުން ހުވާކޮށް ވައިޓް ކޯޓާ ހަވާލުވެއްޖެ އެވެ.

ވިލާ ކޮލެޖުގައި އޮތް ރަސްމިއްޔާތެއްގައި ނާސިން އަދި ފާމަސީގެ ޖުމްލަ 98 ދަރިވަރުން ޕްރޮފެޝަނަލް ހުވާކުރުމުގެ އިތުރުން ޑީންސް ލިސްޓް އަދި ޑީންސް އެވޯޑް ހާސިލްކުރި ދަރިވަރުންގެ އަގުވަޒަންކުރި އެވެ.

މީގެ އިތުރުން ޑީންސް ލިސްޓް އަދި ޑީންސް އެވޯޑް ހާސިލްކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރުން ވެސް ރަސްމިއްޔާތުގެ ތެރެއިން ކުރިއަށް ގެންދިޔަ އެވެ.

ނާސިން ދާއިރާއިން ކިޔަވަމުންދާ ދަރިވަރުން، އެ ދަރިވަރުންގެ ޕްރޮފެޝަނަލް ވާޖިބުތައް އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމިތިބުމަށް ރަސްމިއްޔާތުގެ ތެރެއިން އަހުދުކުރި އެވެ. އެ އަހުދު ލައިދެއްވީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސް، ބްރިގޭޑިއާ ޖެނެރަލް ޑރ. އަލީ ޝާހިދު މުހައްމަދެވެ.

ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން، އައިޝަތު މާލާ ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ވައިޓް ކޯޓް ސެރެމަނީއެއް ތައާރަފްކުރީ ވިލާ ކޮލެޖުން ކަމަށާއި، އެގޮތުން މިއީ އެ ކޮލެޖުން މިފަދަ ރަސްމިއްޔާތެއް ބާއްވާ ތިންވަނަ ފަހަރު ކަމަށެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު ވިދާޅުވީ ސިއްހީ ދާއިރާއަށް ނުކުންނަ ދަރިވަރުންގެ ކޮނޑުގައި އެޅޭ މަސްއޫލިއްޔަތުތަކުގެ ބޮޑު ކަމަށެވެ. އެގޮތުން ތެދުވެރިކަމާއި އޯގާތެރިކަމާއެކު ހިދުމަތް ކުރުމަށް އޭނާ ނަސޭހަތްތެރިވި އެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، ޑރ. އަލީ ނަޖީބް ވިދާޅުވީ ދަރިވަރުން ވައިޓް ކޯޓް އަޅައި، ޕްރޮފެޝަނަލް ހަޔާތުގެ މަސްއޫލިއްޔަތުތަކާ ކުރިމަތިލާއިރު، ވިލާ ކޮލެޖުގެ ދަރިވަރުންނަކީ އަހްލާގީ އަދި ސުލޫކީ މަތިވެރި ސިފަތަކުން އެހެން ދަރިވަރުންނާ ތަފާތު ފާހަގަކޮށްލެވޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ރަސްމިއްޔާތުގައި ހެލްތު ސައިންސަސް ދަރިވަރުންގެ ޖަމިއްޔާ (ވިލާ ކޮލެޖް ހެލްތް ސޮސައިޓީ) އިފްތިތާހުކޮށް، އެގްޒެކެޓިވް ކައުންސިލްގެ މެމްބަރުން އައްޔަނުކުރި އެވެ.