Advertisement

ފައިސާގެ ތެރެއިން ބައެއް އަނބުރާ ހޯދުމަށް ފަހު "ކޮން އާޓިސްޓު" ޒައިދާންގެ ދެމަފިރިން ދޫކޮށްލައިފި

14 ޖުލައި 2025 - 10:57 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ފައިސާގެ ތެރެއިން ބައެއް އަނބުރާ ހޯދުމަށް ފަހު "ކޮން އާޓިސްޓު" ޒައިދާންގެ ދެމަފިރިން ދޫކޮށްލައިފި

14 ޖުލައި 2025 - 10:57 0

ތިން ފިހާރައަކަށް ފޭކު ސްލިޕް ފޮނުވައިގެން އަގުހުރި މުދާ ހޯދި ކަމަށް ތުހުމަތުކުރެވޭ ބައެއް މައްސަލަތަކުގައި ގެއްލުންވި 80،000ރ. ހޯދައި، އެ މައްސަލައިގައި ޝާމިލުވާ ދެމަފިރިން ބަންދުން ދޫކޮށްލައިފި އެވެ.

ޖޫން 17، ގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ ޒައިދާން މުހައްމަދު ހާޝިމް، 28 އަދި އޭނާގެ އަންހެނުން ބަންގްލަދޭޝްއަށް ނިސްބަތްވާ އަފްރިން އަކްތަރު، 30 އެވެ. އެ ދުވަހު އެ މީހުން ބަންދުކުރީ 15 ދުވަހަށެވެ.

"މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި،" ފުލުހުން ބުނެފައި ވެ އެވެ.

މި ދެމަފިރިން އޮޅުވާލައިގެން އެކި ފިހާރަތަކުން ނެގި މުދާތަކަށްވާ ފައިސާގެ ތެރެއިން 80،000ރ. އަނބުރާ ހޯދައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ދެމަފިރިން ހައްޔަރުކުރި ދުވަހު ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މާލޭގެ އެއް ފިހާރައަކަށް ޒައިދާން 31،150ރ. ގެ ފޭކް ސްލިޕެއް ފޮނުވިއިވާއިރު، އަނެއް ފިހާރައަށް 5،817ރ. ގެ ފޭކް ސްލިޕެއް ފޮނުވި އެވެ. އަދި ހުޅުމާލޭގައި ހުންނަ ފިހާރައަކަށް އޭނާ ވަނީ 36،467ރ. ގެ ފޭކް ސްލިޕެއް ފޮނުވައިފަ އެވެ.

ސްކޭމްގެ ގިނަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ ޒައިދާންގެ 11 މައްސަލައެއް ފުލުހުން ގެންދަނީ މިހާރު ވެސް ތަހުގީގު ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއް މިހާރު ވެސް ޝަރީއަތުގައި ހިނގަމުން ދެ އެވެ.