Advertisement

އޮޓޮޕްސީ ހެދުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެންދަނީ

13 ޖުލައި 2025 - 15:03 0

އއ. މާޅޮސް

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަބްދުއްރަހްމާން ދިރިއުޅެމުންދިޔަ ގޭގައި ފޮރެންސިކް ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އޮޓޮޕްސީ ހެދުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެންދަނީ

13 ޖުލައި 2025 - 15:03 0

އއ. މާޅޮސް

ލާއިންސާނީ އަނިޔާތަކެއް ދީ އއ. މާޅޮހުގައި ރޭ މަރާލި އަބްދުއްރަހްމާން އާދަމް، 65، ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް މާލެ ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

އަބްދުއްރަހްމާންގެ ދަރިފުޅު، ނިމާލް އަދަދު އަށް ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެންދަން ފުލުހުން ނިންމާފައިވާ ކަމަށާއި އެކަން އާއިލާއަށް މިހާރު އަންގާފައިވާ ކަމަށެވެ.

ނަމަވެސް ހަށިގަނޑަށް އިތުރު އަނިޔާއެއް ދޭން އާއިލާއިން ބޭނުން ނުވާ ކަމަށް ނިމާލް ބުންޏެވެ.

"އަޅުގަނޑުމެން ދެންނެވިން އިތުރު އަނިޔާއެއް ހަށިގަނޑަށް ދޭން ބޭނުން ނުވާ ވާހަކަ، އޮޓޮޕްސީ ހަދަން ބޭނުން ނުވާ ވާހަކަ، އެކަމަކު އެ ބޭފުޅުން [ފުލުހުން] ވިދާޅުވީ ތަހުގީގުގެ ބޭނުމަށް އޮޓޮޕްސީ ހަދަން ޖެހޭ ވާހަކަ،" ނިމާލް ބުންޏެވެ.

އަބްދުއްރަހުމާން އަބްދުއްރަހްމާން މަރާލާފައި ވަނީ އޭނާ ދިރިއުޅެމުންދިޔަ، މާހިޔާ ގޭގައި ނިދާފައި އޮއްވައި އޭނާގެ ބޮލަށް ހަމަލާދީ އެވެ. އޭނާގެ ބޮލުގެ ވާތް ފަރާތާއި ނިތްމަތި ވަރަށް ބޮޑަށް ޒަހަމުވެފައިވެ އެވެ.

އަބްދުއްރަހްމާންއަށް ހަމަލާ ދިނީ ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ. އޭނާ ޒަހަމުކޮށްލިފަހުން، އެތަނަށް އެންމެ ފުރަތަމަ ދިޔަ މީހުން މި ނޫހަށް މައުލޫމާތު ދެމުން ބުނީ އެމީހުން ދިޔައިރު، ވެސް އަބްދުއްރަހްމާންގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އޭރު ވެސް ވަރަށް ބައިވަރު ލޭ އެނދަށް ފައިބަމުންދިޔަ ކަމަށެވެ.

އަބްދުއްރަހްމާން މަރުވީ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމަކުން ދަނީ މާޅޮހުގައި ހަރަކާތްތެރިވަމުންނެވެ.