Advertisement

ރިސޯޓް ލީގު: ދެ ވަނަ މެޗުން ވެސް މޮޅުވެ މިލައިދޫ ސެމީ އަށް

11 ޖުލައި 2025 - 08:22 0

މިލައިދޫގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ----- ފޮޓޯ: އިމޭޖަސް.އެމްވީ


ރިސޯޓް ލީގު: ދެ ވަނަ މެޗުން ވެސް މޮޅުވެ މިލައިދޫ ސެމީ އަށް

11 ޖުލައި 2025 - 08:22 0

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގު 2025 ގެ އެންމެ ފޯރިގަދަ އެއް ޒޯން ކަމަށްވާ ބ. އަތޮޅުގެ ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ ވަަނަ މެޗުން ވެސް މޮޅުވެ، މިލައިދޫ މޯލްޑިވްސް އިން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ތިން ޓީމު ވާދަކުރާ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން، މުބާރާތް ހޯސްޓް ކުރާ އަވަނި+ފަރެސް އަތުން މިލައިދޫ މޮޅުވީ 2-1 އިންނެވެ.

ދެ ވަނަ މެޗުގައި އިއްޔެ ހަވީރު މިލައިދޫން ފޯ ސީޒަން ލަނޑާގިރާވަރު ބަލިކުރީ ވެސް 2-1 އިންނެވެ. މި މެޗުގައި، މިލައިދޫގެ ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ރަފްހާން (ކޮއްކި) އާއި މުހައްމަދު އަޖުފާން (އަޖޭ) އެވެ. ފޯ ސީޒަނުން ޖެހި ގޯލަކީ، މިލައިދޫގެ އުނައިސް ޒުބައިރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ހަތަރު ޓީމު ވާދަކުރާ ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުން، އަމިއްލަ މޯލްޑިވްސް އިން ވަނީ 4-3 އިން އަނަންތަރާ ކިހާވަށް ވިލާސް ބަލިކޮށްފަ އެވެ. އަމިއްލަ މޯލްޑިވްސްގެ ލަނޑުތައް ޖެހީ ހަމްޒާ އަބޫބަކުރު، އަބްދުލް ސަމީއު ހަލީލް އަދި އަހުމަދު އަހުސަން ދެ ގޯލެވެ. އަނަންތަރާގެ ލަނޑުތައް ޖެހީ، ރަޝާދު އަބްދުލް މަތީން ދެ ގޯލާއި ހުސެއިން ހަނާން ގޯލެކެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ފޯ ސީޒަން އާއި އަަވަނި+ފަރެސް ކުޅޭ މެޗާއި އަނަންތަރާ އާއި ފިނޮޅު ބައްދަލުކުރާ މެޗެވެ.