Advertisement

އެންމެ 20ރ. ރިލޯޑުކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

11 ޖުލައި 2025 - 18:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެންމެ 20ރ. ރިލޯޑުކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

11 ޖުލައި 2025 - 18:38 0

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން އެންމެ 20ރ. ގެ ރީލޯޑެއް ކޮށްގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

ދިރާގުން ބުނީ ޖުލައި 31، ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދަށުން ލިބޭ އިނާމުތައް ހާސިލުކުރާ ނަސީބުވެރިން ހޮވާނީ ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށް ކަމަށެވެ.

ޕްރޮމޯޝަންގެ ދަށުން ލިބޭ ހާއްސަ އިނާމުތައް:

• ޕްލޭސްޓޭޝަން 5 ސްލިމް

• ޑެލް ލެޕްޓޮޕް

• ސެމްސަންގް ގެލެކްސީ ޓެބް އޭ 9 ޕްލަސް

• ކޮންސިއާޖް ގްރޫޕްއިން 500 ޑޮލަރުގެ ބަޓިކް އެއާ ގިފްޓް ވައުޗަރެއް

500 ޑޮލަރުގެ ބަޓިކް އެއާގެ ގިފްޓް ވައުޗާ ހާސިލުކުރާ ނަސީބުވެރިޔާއަށް ބަޓިކް އެއާގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކޮންސިއާޖް ގްރޫޕް މެދުވެރިކޮށް ބުކިން ހެދުމަށް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ކަސްޓަމަރުން ޝައުގުވެރިވާ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އަގުހުރި އޮފާތަކާއި އިނާމުތައް އަދި އެންމެ ފަހުގެ ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދެމުންނެވެ.