Advertisement

ވިމްބަލްޑަންގެ ސެމީގައި ސިނާ، ޖޮކޮވިޗް، އަލްކަރާޒް އަދި ފްރިޓްޒް

10 ޖުލައި 2025 - 10:18 0


ވިމްބަލްޑަންގެ ސެމީގައި ސިނާ، ޖޮކޮވިޗް، އަލްކަރާޒް އަދި ފްރިޓްޒް

10 ޖުލައި 2025 - 10:18 0

ލަންޑަން (ޖުލައި 10) - މިހާރު ކުރިއަށްދާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ވިމްބަލްޑަންގެ ފިރިހެން ސިންގަލްސް އެއް ސެމީ ފައިނަލުގައި، ދުނިޔޭގެ އެއް ވަނަ ޖަނިކް ސިނާ އާއި ހަތް ފަހަރު ޗެމްޕިއަންކަން ހޯދި ނޮވަކް ޖޮކޮވިޗް ކުޅެން ޖެހުނުއިރު، އަނެއް ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ކާލޯސް އަލްކަރާޒް އާއި އެމެރިކާގެ ޓޭލާ ފްރިޓްޒް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ކުއާޓާ ފައިނަލުގައި، އިޓަލީގެ ފްލަވިއޯ ކޮބޯލީ އަތުން ޖޮކޮވިޗް މޮޅުވީ، 6-7 (6-8) 6-2 7-5 6-4 އިން ސެޓުތައް ގޮސްގެންނެވެ. ފަހު ސެޓުގައި، ޖޮކޮވިޗަށް އަނިޔާގެ މައްސަަލަ ކުރިމަތިވި ނަމަވެސް، ތަޖުރިބާގެ ބޭނުންހިފައި މެޗުން މޮޅުވި އެވެ.

ސެމީ ފައިނަލުގައި ސިނާއާ ދެކޮޅަށް ޖޮކޮވިޗް ކުޅެންޖެހޭއިރު، އެ މެޗަށް ފިޓްވުމަށް މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެެވެ.

ސިނާ، ސެމީ ފައިނަލުން ފުރުސަތު ހޯދީ ކުއާޓާ ފައިނަލުގައި، އެމެރިކާގެ ބެން ޝެލްޓަން އަތުން މޮޅުވެގެންނެވެ. އުޅަބޮށްޓަށް ލިބިފައިވާ އަނިޔާއެއްގައި ފަރުވާ ހޯދަމުން އަންނަ ސިނާ އަށް ޝެލްޓަން އަތުން ހޯދުނީ އުނދަގޫ މޮޅެކެވެ. އެ މެޗުގެ ސެޓުތައް ދިޔައީ، 7-6 (7-2) 6-4 6-4 އިންނެވެ.

އެންމެ ފަހުން ދެ ފަހަރު ވެސް ވިމްބަލްޑަން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އަލްކަރާޒް ކުއާޓާ ފައިނަލުގައި ކުޅުނު މެޗުގައި، ޔުނައިޓެޑްގެ ކެމަރަން ނޯރީ ބަލިކޮށްފަ އެެވެ. އަލްކަރާޒް، ސެޓުތައް ގެންދިޔައީ، 6-2 6-3 6-3 އިންނެވެ. ސެމީ ފައިނަލުގައި، އަލްކަރާޒް ކުޅެން ޖެހޭ، ފްރިޓްޒް މި މުބާރާތުގެ ސެމީގައި މި ކުޅެނީ ފުރަތަމަ ފަހަރެވެ.

ފްރިޓްޒް ވަނީ ކުއާޓާ ފައިނަލުގައި، ރަޝިއާގެ ކަރެން ކަޗަނޯފް ބަލިކޮށްފަ އެވެ. ސެޓުތައް ގެންދިޔައީ، 6-3 6-4 1-6 7-6 (7-4) އިންނެވެ.

ވިމްބަލްޑަންގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ އެެވެ.