Advertisement

ދިރާގުން އިތުރު ގައުމުތަކަށް އައިޑީޑީ ޕެކޭޖްތަކެއް ހެޔޮ އަގުތަކެއްގައި ތައާރަފްކޮށްފި

9 ޖުލައި 2025 - 18:48 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގުން އިތުރު ގައުމުތަކަށް އައިޑީޑީ ޕެކޭޖްތަކެއް ހެޔޮ އަގުތަކެއްގައި ތައާރަފްކޮށްފި

9 ޖުލައި 2025 - 18:48 0

ދިރާގުން އައު ގައުމުތަކަކަށް އައިޑީޑީ ޕެކޭޖްތަކެއް ހެޔޮ އަގުތަކެއްގައި ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ 55ރ. އިން ފެށިގެން 125ރ. އާ ދެމެދު ލިބެންހުރި އެ އައިޑީޑީ ޕެކޭޖްތައް އިންޓަނޭޝަނަލް މިނެޓްސްގެ އިތުރުން ހިލޭ ޑޭޓާ ވެސް ލިބޭނެ ކަމަށެވެ.

ދިރާގުން އައިޑީޑީ ޕެކޭޖްތައް އިންޑިއާ، ބަންގްލަދޭޝް، ސްރިލަންކާ، މެލޭޝިއާ، ތައިލެންޑް، ނޭޕާލް، އޮސްޓްރޭލިއާ، ޗައިނާ، ސައުދީ އަރަބިއްޔާގެ އިތުރުން އެހެން ގައުމުތަކަށް ވެސް ތައާރަފްކުރި އެވެ.

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ޕެކޭޖްތައް ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ދިވެހިންގެ އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންންގެ އާއިލާއާއި އެހެންނިހެން ފަރާތްތަކުގެ ހާލުބެލުމަށާއި ގުޅުންބަދަހިކުރުމަށް މި އައިޑީޑީ ޕެކޭޖްތަކުގެ އެހީގައި އިތުރު ފަސޭހަތައް ލިބިގެންދާނެ،" ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށް ހިދުމަތްތައް ދެމުންނެވެ.