Advertisement

ފެނަކައިގެ ޗެއާމަނަކަށް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު ޝާމް އައްޔަނުކޮށްފި

8 ޖުލައި 2025 - 20:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފެނަކައިގެ ޗެއާމަނަކަށް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު ޝާމް އައްޔަނުކޮށްފި

8 ޖުލައި 2025 - 20:09 0

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނ. ފޮއްދޫ، ޔާގޫތުގޭ، ހުސައިން ޝާމް އާދަމް މިއަދު އައްޔަނުކުރައްވައިފި އެވެ.

ޕީސީބީން ބުނީ ޝާމް އައްޔަނުކުރީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި ޗެއާޕާސަންގެ މަގާމަށް ކަމަށެވެ. މިގޮތުން ފެނަކައިން ވެސް ވަނީ ސޯޝަލް މީޑިއާގެ އޮފިޝަލް ހޭންޑަލްއިން އެ ކުންފުންޏާ އަލަށް ގުޅުނު ޝާމްއަށް މަރުހަބާ ކިޔާފަ އެވެ.

މީގެ ކުރިން ވެސް ފެނަކައިގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ ޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ.

ފެނަކައިގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް އެވެ. އޭނާ އެ މަގާމުން ވަކިވިކަން ވެސް އެންގީ މިއަދު އެވެ.

ފެނަކައިގެ ޗެއާމަނުގެ މަގާމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝިމާދު އައްޔަނުކުރެއްވީ މި އަހަރު ފެށެންވާއިރަށް އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރުމުގެ މަސައްކަތުގެ ދަށުންނެވެ.

ނަމަވެސް މި އަހަރު ފެށުމުގެ ކުރިން އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރުމަށް ފެށި މަސައްކަތް ހުއްޓި، އެކަން އެގޮތަށް ނުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.