Advertisement

އެފްއޭއެމް އޮތީ އަޑީގައި، އުންމީދަކީ އަހަރެއް ތެރޭ އާންމު ހާލަތަށް ގެނައުން: ތޯރިގު

6 ޖުލައި 2025 - 12:58 0

ތޯރިގު، އެފްއޭއެމްގެ އިންތިހާބުގެ ކެންޑިޑެސީ ހުށަހެޅުމުގެ ތެރެއިން.---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް


އެފްއޭއެމް އޮތީ އަޑީގައި، އުންމީދަކީ އަހަރެއް ތެރޭ އާންމު ހާލަތަށް ގެނައުން: ތޯރިގު

6 ޖުލައި 2025 - 12:58 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހާލަތު މި ވަގުތު ފެންނަ ގޮތުން، ރާއްޖޭގެ ފުޓްބޯޅަ އޮތީ ވަރަށް އަޑީގައި ކަމަށާއި އުންމީދަކީ އަހަރެއްހާ ދުވަސް ތެރޭ އާންމު ހާލަތަށް ގެނައުން ކަމަށް އެފްއޭއެމް ރައީސަކަށް މިއަދު ކެންޑިޑެސީ ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން، 2016 ވަނަ އަހަރު ގާތްގަނޑަކަށް ހަަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސްކަން ކުރެއްވި ތޯރިގު، ވަނީ މި ފަހުން އެފްއޭއެމް އިން ބާއްވަން މަސައްކަތްކުރި ދެ އިންތިހާބުގައި ވެސް ވާދަކުރައްވަން ކެންޑިޑެސީ ހުށަހަޅައިފަ އެވެ. އެކަމަކު، މި ފަހަރު ތަފާތަކީ، އެފްއޭއެމްގެ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދު އޭނާ އަށް ލިބިފައިވުމެވެ.

ތޯރިގު ވިދާޅުވީ، އުންމީދަކީ މި ފަހަރު އެއްވެސް އުނދަގުލެއް ނެތި އިންތިހާބުގެ ކަންކަން ނިމޭނެ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ އަލުން ފަށައިގަނެވޭނެ ހިސާބަށް ގެންދެވޭނެ ކަމަށެވެ.

"ދެން، އަޅުގަނޑު މި އިންތިހާބަށް ކުރިމަތިިލިއިރު، އަލަށް އަސާސީ ގަވާއިދު ފާސްކުރިއިރު އަލަށް ލެވޭނެ ކްލަބްތަކެއް ވެސް ފާސްކޮށްފި، ދެން، ޖުމްލަ މިހާރު އެފްއޭއެމްގެ މެމްބަރުންގެ ގޮތުގައި ތިބޭނީ 23 ކްލަބް އެއީ، ފުރަތަމަ ޑިވިޝަންގެ 10 ކްލަބާއި. ދެ ވަނަ ޑިވިޝަންގެ 23 ކްލަބް، އެ 23 ކްލަބްގެ ވެސް ތާއީދު ސިޓީއާ އެކު އަޅުގަނޑު އިންތިހާބަށް މި އިންތިހާބާ ކުރިމަތިލީ،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގުގެ ޓީމުގައި ހިމެނެނީ، ސީނިއާ ވައިސް ޕްރެޒިޑެންޓެއްގެ ގޮތުގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވެސް ވައިސް ޗެއާމަން އަލީ އިބްރާހީމް (ކައްޕި)، އަދި ނައިބު ރައީސުންގެ ގޮތުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮކީ)، ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، އަދި ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް އެވެ.

ދެން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ގައުމީ ޓީމަށް ތޯރިގާ އެކު ކުޅުނު، ގޯލްކީޕަރު، އިމްރާން މުހައްމަދު އާއި މުހައްމަދު އުމެއިރު، ޓީސީގެ އަހުމަދު އައްބާސް، އޮޑި ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނާސިހު އަދި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން (އައްޔަ) ހިމަނައިފައިވެ އެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމެނެނީ، ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ އެވެ.

ތޯރިގު ވިދާޅުވީ، އޭނާއާ ވާދަކުރަން ޝަރުތު ހަމަވެގެން އިތުރު ކެންޑިޑޭޓަކަށް އާދެވޭނެ ފުރުސަތެއް ނެތް ކަމަށެވެ. އަދި، އޭނާގެ ޓީމުން މި ވަންނަނީ ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް އަޑިގަނޑުން ނެގުމަށް ކަމަށް ތޯރިގު ފާހަގަކުރެއްވި އެވެ.

"އުންމީދަކީ، ރާއްޖޭގެ ފުޓްބޯޅަ ވަރަށް އަޑީގައި އޮތީ. އަޑިން ނަގައި، ފައިނޭންޝިއަލީ ވެސް އެފްއޭއެމްގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވަނީ، އެކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ދުވަސްތަކުގައ ޕްލޭންތަކެއް ރާވައިގެން ފެށުން އޮތީ، ވަކި މިވެނި ހިސާބަކަށް ގެންދެވޭނެއޭ ބުނަން ދަތި، އެހާ އަޑީގައި އޮތީމަ އަޅުގަނޑުމެންގެ އުންމީދަކީ، އަހަރެއްހާ ދުވަސް ތެރޭ އެފްއޭއެމް ނޯމަލް ޕްރޮސަސް އަށް ގެނައުން، އޭގެ ތެރޭގައި ފައިނޭންޝިއަލް ކަންކަން ވެސް މުބާރާތްތައް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ތަރުތީބުކުރުން އެއީ އަޅުގަނޑުމެންގެ އުންމީދު،" ތޯރިގު ވިދާޅުވި އެވެ.

މީގެ ކުރިން، އެފްއޭއެމް އިންތިހާބުތަކުގައި، ތޯރިގާ ދެކޮޅަށް، ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ވެސް ނުކުތެވެ. އެކަމަކު، މިި ފަަހަރު އެ ކްލަބްތައް ވެސް ތޯރިގަށް ތާއީދުކޮށްފައިވާއިރު، އެކަންކަމާ ބެހޭގޮތުން، އޭނާ ވިދާޅުވީ، ގަބޫލުުކުރަނީ އެ ކްލަބްތަކަށް ވެސް ރަނގަޅަށް ވިސްނި، އެ ކްލަބްތަކުން ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާތީ ނިންމުން ބަދަލުކުރީ ކަމަށެވެ.

ތޯރިގު ވިދާޅުވީ، ހަގީގަތަކީ މާ ބޮޑު ހިޔާލުތަފާތުވުންތަކެއް ކްލަބްތަކުގެ މެދުގައި ނެތްކަން ކަމަށެވެ.

"ހާއްސަކޮށް އަޅުގަނޑު ކުރިން ވެސް އަސާސީ ގަވާއިދު ބަދަލުުކުރިއިރު ފާސްކުރަން ހުށަހެޅިން ހާއްސަކޮށް ޓީސީ ސްޕޯޓްސް ކްލަބުން އިސްވެ ހުށަހެޅި، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތަކެއް އުފައްދާފައި އެ ރީޖަންގެ ތެރެއިން ރާއްޖޭގެ ފުޓްބޯޅައިގައި ބަސް ކިޔުމުގެ ފުރުސަތު ދޭން،" މަހިބަދޫ ސްޕޯޓްސް ކްލަބްގެ އިސް މުއައްސިސެއްގެ ގޮތުގައި، ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ތޯރިގު ވިދާޅުވި އެވެ.

"އެެހެން ނަމަވެސް، އަސާސީ ގަވާއިދު މި ފަހަރު ފާސްކުރިއިރު، އެ މާއްދާތައް ނުލުމަށް ފީފާ އިން އިއުތިރާޒުކުރީ މީގެ ކުރިން ވެސް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ހަމަ ޒޯންތަކެއް ހަދާފައި، އެ މާއްދާތައް ލާފައި އިމްޕްލިމެންޓް ނުކޮށް އޮތީމަ، ފީފާގެ އާގިއުމެންޓަކީ ފުރަތަމަ އެ ތަންތަން ހަދާފައި ދެން ހުއްދަ އަށް އެދޭށޭ، އެ އަށް ބާރު ދޭން ވެގެން، މިހާރުގެ އަސާސީ ގަވާއިދުގައި އިންނާނެ މާއްދާއެއް ހިމަނާފައި ރީޖަނަލް އެސޯސިއޭޝަންތައް ހެދުމަށް، ދެން، ކުޅިވަރު ގާނޫނަށް ވެސް އެ ބަދަލު އައިސްފައި އޮތީ،"

ތޯރިގު ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްދާނީ ރީޖަނަލް އެސޯސިއޭޝަންތައް ހެދިގެން ކަމަށެވެ. އަދި، ހއ. އަތޮޅާއި އާއި އައްޑު އަތޮޅު ދޭތެރޭގެ ހަތަރު ރީޖަންގެ ޓީމުތަކުން އައިސް އެފްއޭއެމްގެ ވޯޓުލުމާއި ބަސް ކިޔުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ތޯރިގު ވަނީ ވިދާޅުވެފަ އެވެ.