Advertisement

ލާމު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

6 ޖުލައި 2025 - 10:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ލާމު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

6 ޖުލައި 2025 - 10:45 0

ލާމު ލިންކް ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ހެނދުނު 9:12 ހާއިރު އެ އެކްސިޑެންޓު ހިނގީ ލ. ފޮނަދޫ އިން ލ. ގަމަށް ދަތުރުކުރި ސައިކަލެއް ލ. މާންދޫ އިން ގަމަށް އަރާ ބެންޑުގެ ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.

"އެކްސިޑެންޓުގައި ސައިކަލުން ދަތުރުކުރި ދެ މީހުންނަށް އަނިޔާވެގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ފަރުވާދިނުމަށް ގެންގޮސްފައިވޭ،" ފުލުހުން ބުންޏެވެ.

އަދަދު އަށް ލިބިފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވީ އަންހެނަކާއި ފިރިހެނަކަށެވެ. ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަންޒަރު ދުށް މީހަކު މި ނޫހާ ވާހަކަ ދައްކަމުން އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާ އޮތީ ހޭނެތިފައި ކަމަށެވެ. އޭނާގެ ފައި ބިނދިފައި އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ޓްރެފިކުގެ ގަވާއިދުތަކަށް ނުބެލުމާއި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ލިންކު ރޯޑުގައި ވަރަށް ބައިވަރު އެކްސިޑެންޓު ހިނގަ އެވެ. މުޅި ރާއްޖޭގައި ވެސް މަގުމަތީގެ އެކްޑިސެންޓުތަކުގެ އަދަދު ގިނަކަން ފާހަގަ ކުރެވެ އެވެ. އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދު ވެސް ވަރަށް ގިނަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މަގުމަތީ އެކްސިޑެންޓުގެ 1542 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.