Advertisement

ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ

5 ޖުލައި 2025 - 19:55 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރ. މާކުރަތު ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން: ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި


ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ

5 ޖުލައި 2025 - 19:55 1

ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމަށާއި ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް އެޅައިދޭނެ ބަޔަކު ހޯދަން މިދިޔަ ބުދަ ދުވަހު އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ހުޅުވާލީ ހުޅުވާލީ ލ. މާވަށް، މ. މުލި، ރ. މަޑުއްވަރި، ށ. ފީވައް، ތ. ތިމަރަފުށި އަދި ތ. ވޭމަންޑޫގައި ފުލުހުންގެ މަރުކަޒެއް އެޅުމަށާއި ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އަޅައިދޭނެ ބަޔަކު ހޯދުމަށެވެ.

މަސައްކަތާއި ބެހޭ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޖުލައި 6، އިން ފެށިގެން ޑައުލޯޑް ކުރެވޭނެ ކަމަށާއި ބިޑުތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓު މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާފައިވާ ފަރާތުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނީ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރަންވީ ޖުލައި 20، ގެ މެންދުރު 1:00 ގެ ކުރިން ކަމަށާއި ޕްރޮޖެކްޓްތަކުގެ ބީލަން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ޖުލައި 29، ގެ މެންދުރު 11:00 ގެ ކުރިން ކަމަށެވެ.

މީގެއިތުރުން ޕްރޮޖެކްޓްތަކަށް ބިޑް ހުޅުވުން އޮންނާނީ ޖުލައި 30، ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ފުލުހުންގެ މަރުކަޒު 75 ރަށެއްގައި އެޅުމަށް މިދިޔަ މާޗު މަހު ފެނަކަ ކޯޕަރޭޝަން، އާރްޑީސީ އަދި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. މިގޮތުން ފެނަކައާ 40 ފުލުހުންގެ މަރުކަޒު، އާރްޑީސީއާ 20 ފުލުހުންގެ މަރުކަޒު އަދި އެމްޓީސީސީއާ 15 ފުލުހުންގެ މަރުކަޒު އެޅުމަށް ހަވާލުކުރި އެވެ.

ނަމަވެސް އެ ޕޮލިސް ސްޓޭޝަންތައް އަޅަން ހަވާލުކުރި އަގެއް އަދި އިތުރު އެއްވެސް ތަފްސީލެއް ސަރުކާރުން މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ތެރޭގައި ފުލުހުންގެ މަރުކަޒުތައް އަޅައި ނިންމުމަށެވެ.