Advertisement

މަސްތުވާތަކެއްޗާއި މަނާ ބޭސްތަކަކާއެކު މާލެއިން ހައްޔަރުކުރި މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

5 ޖުލައި 2025 - 11:45 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހާ -- ފޮޓޯ: ފުލުހުން


މަސްތުވާތަކެއްޗާއި މަނާ ބޭސްތަކަކާއެކު މާލެއިން ހައްޔަރުކުރި މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

5 ޖުލައި 2025 - 11:45 1

ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތަކަކާއި މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖްންސް ގުޅިގެން މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ ހުސައިން ޝާނިމު، 24، ސާތީ، ށ. ކޮމަންޑޫ އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރުމަށްފަހު އޭނާއާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކުރި ކަމަށެވެ. އެތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި 338 ގްރާމުގެ މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.