Advertisement

ދިރާގުން ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީގެ ކޭމްޕަކަށް އެހީވެއްޖެ

2 ޖުލައި 2025 - 11:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގުން ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީގެ ކޭމްޕަކަށް އެހީވެއްޖެ

2 ޖުލައި 2025 - 11:30 0

ދިރާގުގެ ސީއެސްއާރުގެ ދަށުން މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެސްއެމް) އިން ށ. އަތޮޅުގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކޭމްޕަކަށް އެހީވެއްޖެ އެވެ.

ބީވީއައިއެސްއެމް އަކީ ރާއްޖޭގެ ލޯފަން ކުދިންގެ ހައްގުތަކަށް ވަކާލާތުކުރަމުންދާ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާއިން ރަށު ކައުންސިލުތަކާ ގުޅިގެން ކަނޑިތީމު، މިލަންދޫ، ފުނަދޫ އަދި ކޮމަންޑޫގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ހަރަކާތްތަކުގެ މަގުސަދަކީ، ލޯފަން ކުދިން މުޖުތަމައުގައި ޝާމިލުކޮށް، މި ކަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

ދިރާގުން ބީވީއައިއެސްއެމްއަށް ފޯރުކޮށްދެމުންދާ ފޯން މީޓިން ހިދުމަތުގެ އެހީތެރިކަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ހިދުމަތަކީ ބީވީއައިއެސްއެމް މެންބަރުންގެ މެދުގައި ހިލޭ ކޮންފަރެންސް ކޯލުތައް ކުރެވޭ ގޮތަށް، ބީވީއައިއެސްއެމްގެ ބައްދަލުވުންތައް ބޭއްވުމަށާއި، ޓްރެއިނިންގ އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިކޮށްދޭ ހާއްސަ ޕްލެޓްފޯމެކެވެ.

ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް އަބަދުވެސް ދޭ ކަމެކެވެ. މިގޮތުން އެ ކުންފުނިން އެކި ޖަމިއްޔާތަކުން ހިންގާ ކަންކަމަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.