Advertisement

ހުލާސާކޮށް އިއްޔެ: ބީއެމްއެލްއިން ދީފަ އަތުލުމާއި، ދެއްކި ބަހަނާ

1 ޖުލައި 2025 - 06:10 0

ބީއެމްއެޗްގެ ޗެއާމަން އަހުމަދު އަލީ ހަބީބު އާއި އެމްޑީ މުހައްމަދު ޝަރީފު


ހުލާސާކޮށް އިއްޔެ: ބީއެމްއެލްއިން ދީފަ އަތުލުމާއި، ދެއްކި ބަހަނާ

1 ޖުލައި 2025 - 06:10 0

ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެފައި ވަނިކޮށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު މިއަދުން ފެށިގެން 500 ޑޮލަރަށް ބޮޑުކުރަން އިއްޔެ ނިންމި އެވެ.

ދިވެހީންގެ ބޭންކުގެ ގޮތުގައި އިސްތިހާރުކުރާ ބީއެމްއެލްއިން ގެނައި ނަމަވެސް، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ޓީމޫ އަދި ޝީން ފަދަ ވެބްސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ބޭންކަށް ނެގުމަށް ވެސް ނިންމި އެވެ. އެއީ ކޮންމެ 100 ޑޮލަރުގެ ވިޔަފާރިއަކަށް 30 ޑޮލަރެވެ.

ރުފިޔާ ޑެބިޓު ކާޑުގެ ކުރީގެ ލިމިޓަކީ 250 ޑޮލަރެވެ. ރޭ 12:00 ގެ ފަހުން ފެށިގެން ޓީމޫ، ޝީން ފަދަ ވެބްސައިޓުތަކުން 250 ޑޮލަރުގެ މުދާ ގަންނަ ނަމަ، އިތުރަށް ބޭންކަށް 75 ޑޮލަރަށްވާ ދިވެހި ރުފިޔާ ކަނޑާނެ އެވެ. ކުރިން އެއްވެސް ފީއެއް ނުނަގަ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ބޭންކަކުން މިފަދަ މުއާމަލާތަކަށް ނަގާ އެންމެ ބޮޑު ފީ އެވެ.

މި ފަހަކަށް އައިސް ޓީމޫ މަގުބޫލްކަން އިތުރުވެ، ގިނަ އަދަދެއްގެ މުދާ އާންމު ބޭނުންތަކަށް މީހުން އައީ ގަންނަމުންނެވެ. ޓީމޫގެ މަގުބޫލުކަން އިތުރުވީ އޭގެން ވިޔަފާރިކުރާއިރު ޝިޕިން ޗާޖު ނުނަގާތީ އެވެ. ނަމަވެސް ބޭންކުން ބޮޑު ފީއެއް ނަގަން ފެށުމާއެކު މިފަދަ އޮންލައިން ވިޔަފާރިތަކުން ދިވެހިން މުދާ ގެނައުން ހުއްޓުމަކަށް ދާނެ އެވެ.

ޓީމޫ ފަދަ ސައިޓުތަކުން ވިޔަފާރި ކުރާނަމަ ބީއެމްއެލްއަށް 30 ޕަސެންޓު ދޭން މަޖުބޫރު ކުރުމާ ގުޅިގެން ރައްޔިތުން ރުޅިގަދަވެ، ބޭންކަށް ފާޑުކިޔަން ފެށުމުން ބަހަނާއެއްގެ ގޮތުގައި ބުނީ އިއްޔެ ގެނައި ބަދަލަކީ "ގިނަ މީހުންގެ ބޭނުންތަކަށް އިސްކަން ދިނުމުގެ ގޮތުން ގެނައި ބަދަލުތަކެއް،" ކަމަށެވެ.

ބީއެމްއެލްގެ ކަސްޓަމަރުން ބޭރުން ކުރާ ވިޔަފާރިތަކަށް ކޮންމެ މަހަކު 45 މިލިއަން ޑޮލަރު ހަރަދު ކުރާ ކަމަށެވެ. އަދި އޭގެތެރެއިން 75 ޕަސެންޓު ހަރަދު ވަނީ ކަސްޓަމަރުން ކުރާ އީ-ކޮމާސް ވިޔަފާރިތަކަށް ކަމަށެވެ.

"ޓީމޫއަށް އެކަނިވެސް މަހަކު ހަތް މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭ،" ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްއިން ވަނީ ކާޑު ލިމިޓު ބޮޑުކުރި ނަމަވެސް، ބޭރުގެ އޭޓީއެމްތަކުން ނަގުދު ފައިސާއިން ނެގޭ އަދަދު ވެސް 125 ޑޮލަރަށް ކުޑަކޮށް، އޭޓީއެމް ޗާޖަށް 10 ޑޮލަރު ވެސް ނަގަން ވަނީ ނިންމައިފަ އެވެ.

ބޭންކުން ބުނީ މި ބަދަލު ގެނައި ބޭންކުގެ "ނިސްބަތުން މަދު ކަސްޓަމަރުން" ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ އެކައުންޓުތަކުން ކުރާ ބޭނުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

އިއްޔެ ގެނައި ބަދަލުތަކަށް ފަހު ވިޔަފާރިތަކުގެ ބޭނުމަށް ކުރާ ޓީޓީ މުއާމަލާތްތަކަށް 30 ޕަސަންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދޭން ވަނީ ނިންމައިފަ އެވެ. މި ފަހަކަށް އައިސް ބޭންކުން އޮތީ އެ ނިސްބަތް ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކޮށްގެން ވެސް ޑޮލަރު ކްރައިސިސް ހައްލު ނުކުރެވި، ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ތާށިވެ މުދާ އެތެރެކުރަން އިންތިހާ އަށް އޮތީ ދަތިވެފަ އެވެ.

މިދިޔަ އަހަރު ޑޮލަރުގެ ތާށިކަން ބޮޑުވެ ކާޑު ލިމިޓު ކުޑަކުރަން ބޭންކުގެ ބޯޑުން ނިންމުމާއެކު އެއީ ބަގާވާތެއް ގެނެސް ސަރުކާރު ބަދަލުކުރަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށް ތަހުގީގު ފެށި އެވެ. ނަމަވެސް އެ ތަހުގީގު އަދިވެސް ކޮޅެއްގައި ނުޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވެސް އެ ތުހުމަތު ބޭންކަށް ކުރެއްވުމަށް އެއަށް ފަހު، ބޭންކުގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޗެއާމަނަކަށް ސަރުކާރުގެ ކެބިނެޓު ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަން ކުރެއްވި އެވެ.

ނަމާދު ވަގުތު

  • ފަތިސް 04:39
  • އިރުއަރާ 05:57
  • މެންދުރު 12:14
  • އަޞްރު 15:37
  • މަޣްރިބް 18:22
  • ޢިޝާ 19:41

މުހިއްމު ބައެއް ހަބަރު