Advertisement

ސިންގަޕޫރުގައި ރައީސްގެ ދެކަނބަލުންގެ ނަމުން އޯކިޑަކަށް ނަން ދީފި

30 ޖޫން 2025 - 14:04 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ސިންގަޕޫރުގައި ރައީސްގެ ދެކަނބަލުންގެ ނަމުން އޯކިޑަކަށް ނަން ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް


ސިންގަޕޫރުގައި ރައީސްގެ ދެކަނބަލުންގެ ނަމުން އޯކިޑަކަށް ނަން ދީފި

30 ޖޫން 2025 - 14:04 2

ސިންގަޕޫރުގެ ގައުމީ އޯކިޑު ގާޑެން ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ގެ ނަމުން އޯކިޑު ގަހަކަށް ނަން ދީފި އެވެ.

"ވަންޑާ މުހައްމަދު މުއިއްޒު ސާޖިދާ މުހައްމަދު" ގެ ނަމުން ނަން ދީފައިވަނީ މުޅިން އައު އޯކިޑު ހައިބްރިޑް އަކަށެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ގަހަށް ނަން ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެދުނު ކަމަށެވެ.

ރައީސްގެ ދެ ކަނބަލުން އިއްޔެ ސިންގަޕޫރަށް ވަޑައިގެންނެވީ ރަސްމީ ދަތުރެއްގަ އެވެ. ރައީސް އޮފީހުން ބުނީ އޯކިޑު ގަހަށް ރައީސްގެ ދެ ކަނބަލުންގެ ނަމުން ނަން ދިނުމަކީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދޭ ކަމެއް ކަމަށެވެ.

ރައީސްގެ ދެ ކަނބަލުންގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ސިންގަޕޫރު ބޮޓެނިކް ގާޑެންސްގެ ޑިރެކްޓަރު ޕްރޮފެސާ ޓަން ޕުއޭ ޔޮކް އަދި އެ އިދާރާގެ އިސްވެރިންނާއި ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވި އެވެ. ރަސްމިއްޔާތުގައި ގަހަށް ނަން ދިން ގާޑަން އަށް ޒިޔާރަތްކުރާ އިއްޒަތްތެރިންގެ ފޮތުގައި ރައީސްގެ ދެ ކަނބަލުން ވަނީ ސޮއިކުރައްވާފަ އެވެ.

އޯކިޑަކީ ސިންގަޕޫރުގެ ގައުމީ މަލެވެ. ރައީސްގެ ދެ ކަނބަލުން މިއަދު ޒިޔާރަތްކުރެއްވި އެ ގައުމުގެ އޯކިޑު ގާޑަން ގައި ޖުމްލަ 3،000 އަށްވުރެ ގިނަ ބާވަތުގެ އޯކިޑު ގަސް ހުރެ އެވެ. އޭގެ ތެރޭގައި 2،000 އަށްވުރެ ގިނަ ހައިބްރިޑް އޯކިޑު ގަސްތައް ހިމެނެ އެވެ.

ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރަށްފަހު ރައީސްގެ ދެ ކަނބަލުންނާއި ސަރުކާރުގެ ވަފުދު އެނބުރި މާލެ ވަޑައިގަންނަވާނީ ބުދަ ދުވަހު އެވެ.