Advertisement

ހުލާސާކޮށް އިއްޔެ: ވަގުތުން ފްލެޓު މިލްކުކޮށް ދިނުމުގެ ވިސްނުމެއް

29 ޖޫން 2025 - 06:38 2

އެމްޑީޕގެ ސަރުކާރުގެ ފްލެޓުތައް.


ހުލާސާކޮށް އިއްޔެ: ވަގުތުން ފްލެޓު މިލްކުކޮށް ދިނުމުގެ ވިސްނުމެއް

29 ޖޫން 2025 - 06:38 2

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ 4000 މީހުންނަށް ފްލެޓު ހަވާލު ކުރިޔަސް، އެމީހުންނަށް ވަގުތުން ފްލެޓު މިލްކުވާ ގޮތަށް ހަވާލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުުރި އެވެ.

މިދިޔަ ހަފުތާގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މުއްތަލިބު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ފްލެޓުގެ އަގު ދައްކައި ހަލާސް ކުރުމުން މިލްކުކޮށްދިނުން ނުވަތަ ފްލެޓު މޯގޭޖު ކުރުމަށްފަހު ހަވާލު ކުރުމުގެ ވިސްނުމެއް ކަމަށެވެ.

"އެއް ގޮތަކީ ބޭންކުން މޯގޭޖް ފައިނޭންސްގެ ތެރެއިން، ލުއި ފަސޭހަތަކެއްގެ ތެރެއިން އެމީހުންނަށް މޯގޭޖެއްގެ ގޮތުގައި އެ ތަން ދިނުން. އަނެއް ގޮތަކީ ކުލި ދައްކާ ގޮތަށް ވަކި މުއްދަތަކަށް ދިނުމަށްފަހު ކުލި ދައްކާ މުއްދަތު ހަމަވީމަ އެ ފަރާތްތަކަށް އެތަން މިލްކުވާ އުސޫލެއް ކަނޑައެޅުން،" މުއްތަލިބު ވިދާޅުވި އެވެ.

ފްލެޓުގެ ހައްގުވެރިންނަށް ފްްލެޓު ވަގުތުން މިލްކުނުކޮށްދިނުމުގެ ވިސްނުން އުފަންވީ އެމީހުންނަށް ފަސޭހައިން ފިޔަވަޅު އެޅޭނެ ގޮތް މަގުފަހި ކުރަން ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

"25 އަހަރުގެ މުއްދަތަށް ކަނޑައެޅިފައި އޮތް ކުއްޔެއް ދެއްކީމަ ދެން އެ ފަރާތްތަކަށް ދެން އެތަން ރަޖިސްޓްރީކޮށްދޭ ގޮތަށް. ހަގީގަތުގައި ކުއްޔަށް ދޭ ތަނެއްގެ ގޮތުގައި އޮތީމަ އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ފަސޭހަވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓު ލިސްޓު އުވައިލަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެ ލިސްޓަށް ފްލެޓު ދޫކުރަން ނިންމުމަށްފަހު ވެސް، ކުރިން ކުރިމަތިކޮށްފައިވާ ނެތް ޝަރުތެއް އުފަންކޮށް ސަރުކާރުން ދަނީ ފްލެޓު އަތުލަމުންނެވެ.

އަނބިމީހާ ނުވަތަ ފިރިމީހާއަށް ސޯޝަލް ހައުސިން ސްކީމަކުން ތަނެއް ލިބިފައި ނެތުމަކީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލިއިރު ފުރިހަމަވާންޖެހޭ ޝަރުތެއް ނޫނެވެ. އެކަމަކު، އަނބިމީހާ ނުވަތަ ފިރިމީހާއަށް ސޯޝަލް ހައުސިންއެއް ލިބިފައިވާ ނަމަ ފްލެޓު ނުލިބޭނެކަން މެއި 29، އިން ފެށިގެން ހައުސިން މިނިސްޓްރީ އިން ދަނީ އަންގަމުންނެވެ.

އޭގެ އިތުރުން، ފޯމު ހުށަހެޅި ފަހުން ހާލަތަށް އަންނަ ބަދަލަކުން ޕޮއިންޓު އުނި ކުރާ މައްސަލަ ބަލަން ވެސް ކައުންސިލުން ދެކޮޅު ހެދި އެވެ. ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ނިޔާވުމުން، އެކަމަށް ބިނާކޮށް ވެސް ޕޮއިންޓު އުނިކޮށްފައިވެ އެވެ.

މިއަދުގެ މޫސުން


- އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރާނެ އަދި ގުގުރުން އެކަށީގެންވޭ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ. - ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލަށް. - ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ. - ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓަށް

ނަމާދު ވަގުތު

  • ފަތިސް 04:38
  • އިރުއަރާ 05:57
  • މެންދުރު 12:13
  • އަޞްރު 15:37
  • މަޣްރިބް 18:22
  • ޢިޝާ 19:41

މުހިއްމު ބައެއް ހަބަރު