Advertisement

ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

28 ޖޫން 2025 - 06:27 0

އެމްޑީޕީ އަށް 20 އަހަރު ފުރުން ފާހަގަ ކުރަން މި މަހު 26 ވަނަ ދުވަހު ބޭއްވި ދިދަ ނެގުމާއި ކޭކު ފެޅުމުގެ ހަރަކާތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ސަލާމްކުރައްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

28 ޖޫން 2025 - 06:27 0

އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕުގައި މިހާރު ހިމެނޭ ރައީސްގެ މަގާމާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި ކޮންމެވެސް އެއް މަގާމެއް ދެމެހެއްޓުމަށް އޮގަސްޓު މަހުގެ ކުރިން ބާއްވާ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ "ސަންގު ޓީވީ" ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ދެ މަގާމު އެއްކޮށްލުމުން ޕާޓީ ހިންގުން ހަރުދަނާ ވާނެ ކަމަށެވެ. މިހާރު އެކުލަވާލާފައިވާ ޕާޓީގެ ރޯޑު މެޕްގައި ވެސް އޮންނާނީ އެ ތަނުން ކޮންމެވެސް އެއް މަގާމެއް ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް މުހިންމު ބަދަލެއް މިއީ. ބައެއް ބޭފުޅުންނަށް އެހާ ފަސޭހަ ނުވެދާނެ ވިސްނަން އެކަމު އަޅުގަނޑަށް ހީވަނީ އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލެއްހެން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވިއިރު، ޕާޓީގެ ރައީސް އަކީ އަބްދުﷲ ޝާހިދު އެވެ.

ދެ މަގާމު އެއްކޮށްލުމަށްފަހު ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނަ މީހަކަށް، އެ މަގާމުގެ ދައުރުގެ ތެރޭގައި އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ ލީޑަރަށް ސަރުކާރުގެ އެއްވެސް މަގާމަކަށް، މަޖިލީހުގެ މެންބަރުކަމަށް ނުވަތަ މިނިވަން މުއައްސަސާއެއްގެ ވަޒީފާއަކަށް ނުދެނޭވެ ހެން ހެދުމަކީ ފައްޔާޒު ހުށަހަޅުއްވާނެ ބަދަލެކެވެ.

މި ބަދަލުގެ ބޭނުމަކީ ޕާޓީގެ ތެރޭގައި އުފެދޭ ފެކްޝަންތަކާއި އެހެން ސިޔާސީ އޮއިވަރުތަކުގެ ތެރެއިން މިނިވަންކަމާއެކު ޕާޓީ ހިންގުމުގެ ފުރުސަތު ދިނުންކަން އޭނާ ފާހަގަކުރެއްވި އެވެ. މި ބަދަލުގެ ސަބަބުން، ޗެއާޕާސަން އަކަށް ހުންނަ މީހެއްގެ ކިބައިގައި ވެރިކަން ކުރުމުގެ ގާބިލުކަމާއި ހިންގުންތެރިކަން ހުރިތޯ ވެސް ވަޒަންކުރަން ރައްޔިތުންނަށް އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެރިކަން އޮންނަ ކޮންމެ ފަހަރަކު ޕާޓީގަ ތިބޭ އިސް ހުރިހާ ވަރުގަދަ ބޭފުޅުންތައް ދައުލަތުގެ އެކި ދިމަދިމާލަށް މި ދަނީ. މަޖިލީހުގެ މެންބަރުކަމަށް ވަޑައިގަންނަވަނީ. ކެބިނެޓަށް ވަޑައިގަންނަވަނީ. އެހެންވީމަ ޕާޓީ ވަރަށް ބޮޑަށް ކުޑަވަނީ. އޭރުން ހިނގަނީ ސަރުކާރު. އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންގެ ސަރުކާރެއް އެކުލެވިގެންދާއިރުގައި ވެސް ޕާޓީ ވަރުގަދައަށް ހިނގުން،" ފައްޔާޒު ވިދާޅުވި އެވެ.

މި ބަދަލާއެކު ޕާޓީގެ ލީޑަރަކީ ރަނގަޅު މުސާރައެއް ދެވިފަ ހުންނަ ޕާޓީގެ ހުރިހާ ކަމެއް ހިންގުމުގައި އަބަދުމެ ޝާމިލުވެ ހުންނަ މީހަކަށް ވެގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ހިންގުމަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި އެކަންކަން ކުރިއަށް އޮތްތަނުގައި ހާމަކުރާނެ ކަމަށް ފައްޔާޒު ރޭ ވިދާޅުވި އެވެ. އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އޯގަސްޓް 15، ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަށް ވަކި ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.

މިއަދުގެ މޫސުން


- އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ. މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ، ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ. - ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލަށް. ވިލާގަނޑުގައި 45 މޭލަށް. - ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. - ރާޅުގެ އުސްމިން ހުންނާނީ 2-5 ފޫޓަށް

ނަމާދު ވަގުތު

  • ފަތިސް 04:38
  • އިރުއަރާ 05:57
  • މެންދުރު 12:13
  • އަޞްރު 15:37
  • މަޣްރިބް 18:22
  • ޢިޝާ 19:40

މުހިއްމު ބައެއް ހަބަރު