Advertisement

ބައިނަލްއަގުވާމީ ކޮންފަރެންސަކަށް ނައިބު ރައީސް ސްޕެއިނަށް

27 ޖޫން 2025 - 16:37 0


ބައިނަލްއަގުވާމީ ކޮންފަރެންސަކަށް ނައިބު ރައީސް ސްޕެއިނަށް

27 ޖޫން 2025 - 16:37 0

ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސްޕެއިނަށް ފުރާވަޑައިގެންފި އެވެ.

މި ކޮންފަރެންސް އޮންނާނީ ޖޫން 30 އިން ޖުލައި ތިނަކަށް އެ ގައުމުގެ ސެވިއްޔާގަ އެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ޕްލެނަރީ ބައްދަލުވުމުގައި ނައިބު ރައީސް ބަޔާނެއް އިއްވަވާނެ އެވެ.

"ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށާއި، މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގެ މައްޗަށް ވެސް އެމަނިކުފާނު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވޭ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރަންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ،" ރައީސް އޮފީހުން ބުނެފައި ވެ އެވެ.

އޭގެ އިތުރުން އެހެނިހެން ތަފާތު ފޯރަމްތަކުގައި ބައިވެރިވެ ލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ނައިބު ރައީސް ވާހަކަ ދައްކަވާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

ނައިބު ރައީސް އާއެކު ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ވެސް ދަތުރު ކުރައްވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުން ބޭއްވީ 2015 ވަނަ އަހަރު އިތިއޯޕިއާގެ ވެރިރަށް އަޑިސް އަބަބާގަ އެވެ.