Advertisement

ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ރެއާލުން ޔުވެންޓަސްއާ ދެކޮޅަށް

27 ޖޫން 2025 - 08:10 0


ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ރެއާލުން ޔުވެންޓަސްއާ ދެކޮޅަށް

27 ޖޫން 2025 - 08:10 0

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި، ރެއާލް މެޑްރިޑުން ޔުވެންޓަސްއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ގްރޫޕް ސްޓޭޖުގައި ޔުވެންޓަސް އިން ކުޅުނު ފަހު މެޗުން ވަނީ، މެންޗެސްޓާ ސިޓީ އަތުން 5-2 އިން ބަލިވެފަ އެވެ. ރެއާލުން ފަހު މެޗުގައި، ރެޑްބުލް ސަލްޒްބާގު އަތުން މޮޅުވީ 3-0 އިންނެވެ.

ސިޓީން ޔުވެންޓަސް ކޮޅަށް ލަނޑުތައް ޖެހީ، ޖެރެމީ ޑޮކޫ، އާލިން ބްރައުޓް ހާލަންޑް، ފިލް ފޯޑެން އަދި ސަވީނިއޯގެ އިތުރުން، ޔުވެންޓަސްގެ ޕިއޭރޭ ކަލޫލޫ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި، ހާލަންޑް ޖެހި ގޯލަކީ، ކެރިއަރުގައި ޖެހި 300 ވަނަ ގޯލެވެ. ޔުވެންޓަސް އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ، ޓިއެމް ކޫޕްމައިނާސް އާއި ޑޫސާން ވްލާހޮވިޗް އެވެ.

މި ގްރޫޕްގެ އަނެއް މެޗުން، މޮރޮކޯގެ ވައިދާދް އޭސީ އަތުން ޔޫއޭއީގެ އަލް އައިން ވަނީ 2-1 އިން މޮޅުވެފަ އެވެ.

ރެއާލުން ސަލްޒްބާގް ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ، ވިނީޝިއުސް ޖޫނިއާ، ފެޑެރީކޯ ވަލްވޭޑޭ އަދި ގޮންޒާލޯ ގާސިއާ އެވެ. މި މެޗުގައި ސަލްޒްބާގަށް ވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު ބޭނުމެއް ނުހިފުނެވެ.

މި ގްރޫޕުން ދެ ވަނަ ހޯދީ މެކްސިކޯގެ ޕަޗޫކާ އަތުން 2-0 އިން މޮޅުވި، ސައުދީ އަރަބިއްޔާގެ އަލް ހިލާލް އެވެ. ހިލާލުން ގަދަ 16 ބުރުގައި ކުޅޭނީ މެންޗެސްޓާ ސިޓީއާ އެވެ.

ގަދަ 16 ބުރުގެ މެޗުތައް

ޕަލްމެއިރާސް - ބޮޓަފޯގޯ

ބެންފީކާ - ޗެލްސީ

އިންޓަ މިލާން - ފްލުމިނެންސޭ

މެންޗެސްޓާ ސިޓީ - އަލް ހިލާލް

ޕީއެސްޖީ - އިންޓަ މިއާމީ

ފްލަމެންގޯ - ބަޔާން މިއުނިކް

ރެއާލް މެޑްރިޑް - ޔުވެންޓަސް

ބޮރޫޝިއާ ޑޯޓްމަންޑް - މޮންޓެރޭ