Advertisement

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ 27 އަހަރު ހިދުމަތްކުރެއްވި ސިފައިންގެ އޮފިސަރެއް

25 ޖޫން 2025 - 14:55 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިއަދުގެ ހާދިސާގައި ނިޔާވި އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު ---


ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ 27 އަހަރު ހިދުމަތްކުރެއްވި ސިފައިންގެ އޮފިސަރެއް

25 ޖޫން 2025 - 14:55 0

މިއަދު ހެދުނު ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ނިޔާވީ ސިފައިންގެ މީހެއްކަން އެނގިއްޖެ އެވެ.

އެ ކޮޅުވެއްޓީގައި ދަތުރުކުރީ ހަ މީހެކެވެ. އޭގެތެރޭގައި ހިމެނެނީ ސިފައިންގެ ތިން މީހުންނާއި ތިން ބިދޭސީންނެވެ. މަރުވެފައިވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ.

މި ހާދިސާއާ ގުޅިގެން ސިފައިންގެ އެންމެ އިސްވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ ސިފައިންގޭގެ ހިދުމަތުގައި ހުންނަވަކިކޮށް ހާމިދު ނިޔާވުމުން އެމަނިކުފާނަށް ހިތާމަ ކުރައްވާ ކަމަށެވެ.

ސިފައިންގެ މުއައްސަސައަށާއި ހާމިދުގެ އާއިލާއަށް ދިމާވި މި ހިތާމައިގައި ބައިވެރިވާ ކަމަށް ވިދާޅުވެ، ރައީސް ވަނީ ހާމިދުއަށް ހެޔޮރަހުމަތް ލެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މި ހާދިސާގައި ހާމިދުގެ އިތުރުން ދެން ގެއްލިފައިވަނީ ބިދޭސީ މީހެކެވެ. އެހެން އެންމެން ސަލާމަތްކޮށްފައިވާއިރު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާ ކަމަށް ސިފައިން ބުނެފައިވެ އެވެ.

ސަލާމަތްކުރި ދެ ބިދޭސީން އަދި ދެ ދިވެހިންނަށް މިހާރު ޅ. ނައިފަރަށް ގެންގޮސް އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. އެ މީހުންގެ ހާލާއި ގުޅޭ ގޮތުން އެ މުއައްސަސާގެ މީޑިއާ ޓީމުން މިހާތަނަށް އަދާހަމައެއް ދީފައެއް ނުވެ އެވެ.