Advertisement

ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ، އިތުރު މީހަކު މަރުވި ކަމަށް ބެލެވޭ

25 ޖޫން 2025 - 13:45 0

ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކުގެ ކޮޅުވެއްޓި މަތީގައި މީހަކު ހަރަކާތްތެރިވަނީ: މި ކޮޅުވެއްޓީގައި ދަތުރުކުރީ ހަ ވަރަކަށް މީހުން ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: އެމްއެންޑީއެފް


ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ، އިތުރު މީހަކު މަރުވި ކަމަށް ބެލެވޭ

25 ޖޫން 2025 - 13:45 0

ކާށިދޫ ކަނޑަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދިވެއްސަކު މަރުވެއްޖެ އެވެ.

ކޮޅުވެއްޓީގައި ގާތްގަނޑަކަށް ހަ މީހުން ދަތުރު ކުރި ކަމަށްވެ އެވެ. އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން އަންނައިރު، ހަތަރު މީހަކަށް ފަރުވާ ދެމުން އަންނަނީ ނައިފަރު ހޮސްޕިޓަލުގަ އެވެ.

"ހޮސްޕިޓަލަށް ގެނައި އެކަކު އޮތީ ނިޔާވެފައި. ނިޔާވެފައި އޮތް އިތުރު މީހަކު ވެސް ގެންނަ ކަމަށް އެބަ މައުލޫމާތު ލިބޭ،" ހޮސްޕިޓަލުގެ އޮފިޝަލަކު ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވީ ސިފައިންގެ މީހެކެވެ. އަދި މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ދެ ދިވެހިންނާއި ދެ ބިދޭސީންނަށް ކަަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ މީހާއަކީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ.