Advertisement

މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ބަންދުކޮށް ދިގު ހަފުތާ ބަންދެއް

25 ޖޫން 2025 - 10:32 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު، މިދިޔަ އަހަރުގެ މިނިވަން ދުވަހު އެމްއެންޑީއެފް އިން ބޭއްވި ޕެރޭޑު ބައްލަވާލައްވަނީ: މިނިވަން ދުވަހާ ގުޅިގެން އިތުރު ދުވަހެއް ބަންދުކުރީ އެ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަތީ ކަމަށް ސަރުކާރުން ބުނި -- ފޮޓޯ: ރައީސް އޮފީސް


މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ބަންދުކޮށް ދިގު ހަފުތާ ބަންދެއް

25 ޖޫން 2025 - 10:32 0

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި 28، ވެސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މިގޮތަށް ނިންމެވީ މި އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅުވާ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާތީ ކަމަށެވެ.

މި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ ހޮނިހިރު ދުވަހަކާ އެވެ. އާންމު އުސޫލުގެ ދަށުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުކުރަނީ އެއް ދުވަހެވެ. ނަމަވެސް ރައީސްގެ ނިންމެވުމާއެކު މިނިވަން ދުވަހުގެ ބަންދަށްފަހު ސަރުކާރު ހުޅުވޭނީ ޖުލައި 29، ވާ އަންގާރަ ދުވަހު އެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް މި އަހަރު ކުރަން ރާވާފައިވާ ހަރަކާތްތަކެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އާންމު އުސޫލުން އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ޖަލްސާއަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

މިނިވަން ދުވަހާއި ގުޅިގެން އިތުރު ދުވަހެއް ބަންދުކުރަން ރައީސް މުއިއްޒު ނިންމަވާފައި މިވަނީ ނިމިދިޔަ އަޟްހާ އިދާއި ގުޅިގެން އިތުރަށް ދުވަހެއް ބަންދުނުކުރާން ނިންމިކަން ފާހަގަކުރެވެ އެވެ.

އެގޮތަށް ނިންމީ ހަފުތާގެ މެދާ ދިމާވާތީ ކަމަށާއި ތިން ދުވަސް ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ކަމަށް ނުދެކޭތީ ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވި އެވެ.