Advertisement

ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފި

25 ޖޫން 2025 - 09:07 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުލުހުން މާލޭގައި ހިންގި ޓެރަރިޒަމް އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންނަށް ދައުވާކުރަން ފޮނުވައިފި

25 ޖޫން 2025 - 09:07 0

މިދިޔަ މާޗު 10، ގައި ފުލުހުން މާލޭގައި ހިންގި ބޮޑު ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންނަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް އިއްޔެ ފޮނުވައިފި އެވެ.

ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާން އަހުމަދު ޝަފީއު އަދަދު އަށް ވިދާޅުވީ ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރަން އެދި ފުލުހުން ހުށަހެޅި މައްސަލައިގައި ދައުވާކުރުމާ މެދު ޖުލައި 7، ގައި ގޮތެއް ނިންމާނެ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ޝަފީއު ހާމަކުރައްވާފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ މައްސަލައާ ގުޅޭ ތަފްސީލު ދެވޭނީ ދައުވާ ކުރުމާ ހިސާބުން ކަމަށެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުންނަށް ދައުވާ ކުރުމާ މެދު ޑިއުޓީ ޕްރޮސެކިއުޝަންގައި ވެސް ގިނަ ދުވަސްތަކެއް ފާއިތުވި އެވެ.

ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ. މިހާތަނަށް އެ އޮޕަރޭޝަންގެ އެއްވެސް ތަފްސީލެއް އަދި ހައްޔަރުކުރި މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ އޮޕަރޭޝަނާއި ގުޅޭ ތަފްސީލް ހާމަކުރުމަށް ފުލުހުން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ޝެޑިއުލް ކުރުމަށްފަހު، އެ ނޫސްވެރިންގެ ބައްދަލުވުން ފަހުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.