Advertisement

އޮޑި ސްޓްރީޓް ސޮކާ ތިމަރަފުށި: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި

24 ޖޫން 2025 - 09:12 0


އޮޑި ސްޓްރީޓް ސޮކާ ތިމަރަފުށި: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި

24 ޖޫން 2025 - 09:12 0

އޮޑި ސްޓްރީޓް ސޮކާ ތިމަރަފުށި 2025، ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"އޮޑި ސްޓްރީޓް ސްކާ" ގެ ނަމުގައި ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.

މި މަހު 20 އިން ފެށިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ބައިވެރިވުމުގެ ފަހު މުއްދަތަކީ އަންނަ މަހުގެ ދެ ވަނަ ދުވަހެވެ.


މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރީ ކުރުމަށް 9250820 އަށް ގުޅުމަށް އެ ކްލަބުން ވަނީ އެދިފަ އެވެ.

ތިމަރަފުށި އަކީ ރާއްޖޭގައި ފުޓްސަލްގެ އެންމެ ކާމިޔާބު ރަށެވެ. އެ ރަށުން ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެއާއެކު އެ ރަށް ވެގެން ގޮސްފައިވަނީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރުމުގެ ޝަރަފު އޮތް ރަށެވެ.