Advertisement

އެންމެން އެކުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކޮށް، ގައުމު އަނބުރާ ހޯދާނަން: ފައްޔާޒު

23 ޖޫން 2025 - 23:43 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: އެންމެން އެކުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކޮށް، ގައުމު އަނބުރާ ހޯދާނެ ކަމަށް އޭނާ މިރޭ ވިދާޅުވި --- ފޮޓޯ: އަދަދު


އެންމެން އެކުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކޮށް، ގައުމު އަނބުރާ ހޯދާނަން: ފައްޔާޒު

23 ޖޫން 2025 - 23:43 0

މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޑިމޮކްރެޓްސްގެ މެންބަރުންނާއެކު އެމްޑީޕީ އެކަތިކަނޑެއްގެ ގޮތުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކުރާނެ ކަމަށް އެ ޕަޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިޔުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އޭނާގެ އުންމީދަކީ އެމްޑީޕީގެ ހުރިހާ މެންބަރުންނާއި އިސްވެރިން އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން އެކުގައި މި މަސައްކަތް ކޮށް. އެކުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކުރުން. މި ގައުމު އަޅުގަނޑުމެން އަނބުރާ ހޯދުން. ހަމަ ގައިމުވެސް ތިޔަ ބޭފުޅުންނާ އެއްކޮށް އެ މަސައްކަތް ކުރުމުގަ އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ފައްޔާޒު ވިދާޅުވި އެވެ.

މީގެ ދެ އަހަރުކުރިން އެމްޑީޕީ ވަކިވެގެން ދިޔަ މެންބަރުން އެނބުރި ޕާޓީއަށް ގުޅުމަށް ނިންމި ނިންމުމާއި، އެ މެންބަރުންނަށް މަރުހަބާ ކިޔަން އެމްޑީޕީގެ އިސްވެރިން ނިންމި ނިންމުމަކީ ގައުމަށާއި ކުރިއަށް އޮތް ޖީލުތަކަށްޓަކައި ނިންމި ހިތްވަރުގަދަ ނިންމުމެއް ކަމަށް ވެސް ފައްޔާޒު މިރޭ ވިދާޅުވި އެވެ.

މީގެ އިތުރުން، ފައްޔާޒު ވަނީ ނަޝީދާއި އެ ޕާޓީގެ ކުރީގެ އިސްވެރިން ގުޅުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދެން ހުރި އިންތިހާބުތައް ކާމިޔާބު ކުރެވޭނެ ކަމަށާއި މި ސަރުކާރު ހަމަ މަގަށް އެޅުވުމުގައި ބާރު ސްޕީޑުގައި މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ އިތުރުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައި ވާއިރު އެ ބޭފުޅުންނާއެކު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ބައެއް އެހެން ބޭފުޅުން ވެސް މިރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.