Advertisement

އެމެރިކާއިން ހަނގުރާމާގައި ބައިވެރިވެ އިރާނަށް ހަމަލާ ދީފި

22 ޖޫން 2025 - 05:53 0

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު


އެމެރިކާއިން ހަނގުރާމާގައި ބައިވެރިވެ އިރާނަށް ހަމަލާ ދީފި

22 ޖޫން 2025 - 05:53 0

އިޒްރޭލް-އިރާން ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ ވައިގެ ހަމަލާތައް ދޭން ފަށައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ވިދާޅުވީ އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށް ބޮން އަޅާ މަތިންދާ ބޯޓުތަކުން ދިން އަމަލާތައް "ވަރަށް ކާމިޔާބު" ކަމަށެވެ. އެމެރިކާއިން ހަމަލާ ދިނީ، ފޯޑޯ، ނަޓަންޒު އަދި އިސްފަހާނުގައި ހުރި ނިއުކްލިއާ ފެލިސިޓީތަކަށެވެ.

އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ، އެމެރިކާއަށް ބޯނުލަނބާ އޮތް އިރާނުގެ ބާރު ކަނޑުވާލަން އިޒްރޭލުން ހަމަލާތައް ދޭން ފެށީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އިޒްރޭލުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ސައިޓުތަކަށެވެ. ނަމަވެސް އާންމުން އުޅޭ ސަރަހައްދުތަކަށާއި، ދައުލަތުގެ ޓީވީ ސްޓޭޝަނަށް ވެސް އިޒްރޭލުން ހަމަލާދީފައިވެ އެވެ.

އެ ހަމަލާތަކުގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން މަރުވެ، 3000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އިރާނުން ބުނެފައިވެ އެވެ.

އިރާނަށް ކާމިޔާބު ހަމަލާތައް ދިނުމަށް ފަހު ޓްރަމްޕު ވަނީ އެމެރިކާ ސިފައިންނަށް އައްސަރިބަހާއި ސާބަސް ދަންނަވައިފަ އެވެ. އަދި ސުލްހައިގެ ވަގުތު ޖެހިއްޖެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އިރާނުން ބުނެފައި ވަނީ ރައްދު ހަމަލާ ދޭނެ ކަމަށެވެ. އިރާނުން މިހާތަނަށް އިޒްރޭލަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ދިފާއީ ފަހުރެއްގެ ގޮތުގައި ދައްކަމުން ދިޔަ "އަޔަން ޑޯމް"ތައް ފޫއަޅުވާލައި، ގިނަ ހަމަލާތަކެއް އިޒްރޭލަށް ދީފައިވެ އެވެ.

އެމެރިކާއިން އެހެން ގައުމާއެކު ހަނގުރާމަ ކުރާނަމަ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދަން ގާނޫނުއަސާސީގައި ލާޒިމުކޮށްފައި އޮތަސް، އިރާނަށް ހަމަލާ ދިނުމުގެ ކުރިން ޓްރަމްޕު އެފަދަ ހުއްދައެއް ނުހޯދަ އެވެ.